"ބިގް ބޮސް 13" މި މަހު ފަހުކޮޅު

ޝޯ ގެ ހޯސްޓް ސަލްމާން ހާން---

ކަލާސް ޗެނަލުން ގެނެސްދޭ މުނިފޫހިފިލުވުމުގެ ޝޯ "ބިގް ބޮސް 13" މި މަހު ފަހުކޮޅު ދައްކަން ނިންމައިފި އެވެ.

ބިގް ބޮސް މި މަހު ދައްކާނެކަން ކަލާސްއިން ކަށަވަރުކޮށްދީފައިވާ އިރު ބިގް ބޮސް ދައްކަން ފަށާނީ މި މަހު 29 ގައެވެ. އަދި ޝޯގެ ފުރަތަމަ އެޕިސޯޑް ހުރިހާ ގޮތަކުން ވެސް ހާއްސަވެގެންދާނެ ކަމަށް ވެސް ކަލާސްއިން ބުނެ އެވެ.

ޝޯ އިން ފެންނާނީ ކޮން ތަރިއްނެއްކަން ނޭނގުނު ނަމަވެސް މިފަހަރުގެ ޝޯ މާ ފުރިހަމަވާނެ ކަމަށް ބެލުންތެރިން ބުނެ އެވެ. ޝޯގެ ފޯމެޓަށް މިދިޔަ އަހަރުތެރޭ ވަނީ ބަދަލެއް ގެނެއްސަ އެވެ. އެއީ ޝޯގައި ސެލެބްރިޓީންގެ އިތުރުން އާންމުންގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ޝޯ ކުރިއަށް ގެންދިޔުމެވެ.

އެ ޝޯގައި ބައިވެރިވާ މީހަކާ އެކު އޭނާގެ ހާއްސަ އިތުރު މީހަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެ ބަދަލާ އެކު އެ ޝޯއަށް ލިބެމުން އަންނަ ތަރުހީބު ދަނީ އިތުރުވަމުންނެވެ. މިއީ ތިން މަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޝޯ އެކެވެ.

"ބިގް ބޮސް"ގެ ޝޯ އެއް ފުރަތަމަ ގެނެސްދީފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.

comment ކޮމެންޓް