"އިޓް" ފްރެންޗައިޒް އެއް ބިލިއަން ޑޮލަރުގެ ކްލަބަށް!

އިޓް ޗެޕްޓާ 2ގެ ޕޯސްޓަރެއް ---

ސްޓީފެން ކިންގްގެ މަޝްހޫރު ބިރުވެރި ވާހަކައިގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު، "އިޓް" ފްރެންޗައިޒްއަށް ލިބުނު އާމްދަނީ، އެއް ބިލިއަން ޑޮލަރަށްވުރެ އިތުރުވެއްޖެ އެވެ.

އިޓް ފްރެންޗައިޒްގެ ދެވަނަ ފިލްމު "އިޓް ޗެޕްޓާ ޓޫ" ވަނީ ދާދި ފަހުން ސިނަމާތަކަށް ނެރެފަ އެވެ. އެ ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އިޓްގެ ދެވަނަ ފިލްމު ނެރުނުތާ ދެ ހަފްތާ ވެފައިވާއިރު އެ ފިލްމަށް މިހާތަނަށް 323.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އެ ފިލްމުގެ އާމްދަނީ ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ލަފާކުރާއިރު ފުރަތަމަ ފިލްމަށް ވަނީ 640 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.

އިޓްގެ ދެވަނަ ފިލްމު ފެށިގެން ދާނީ ފުރަތަމަ ފިލްމުގައިވެސް ފެނިގެންދާ ކެރެކްޓަރުންނާއެކުގައެވެ. ނަމަވެސް އަހަރުތަކެއް ފާއިތުވެ އެ ކެރެކްޓަރުން މި ފިލްމުގައި ފެނިގެންދާނީ އުމުރުން ދޮށީ ބައެއްގެ ގޮތުގައެވެ.

އިޓް ޗެޕްޓާ ޓޫގެ ކާސްޓުންގެ ތެރޭގައި ޖެސިކާ ޗެސްޓިން އާއި ޖޭމްސް މެކަވޯއި އާއި ބިލް ހޭޑަރ އަދި އިސާޔާ މުސްތަފާ ހިމެނެ އެވެ.

comment ކޮމެންޓް