ފިރިހެނުން ގިނަ އަންހެނުންނާ ކައިވެނިކުރަން ޔޫއޭއީގެ އަންހެން ކެންޑިޑޭޓަކު ގޮވާލައްވައިފި

ހައުލާ އަލް އަލީގެ ސްލޯގަންއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ " ކައިވެނިނުކޮށް ތިބޭ އަންހެނުން އެނޫން ގޮތެއް ހޯދައި ދިނުމަށް ފިިރިހެނުން އެއް އަންބަށްވުރެ ގިނަ އަނބިން ހިޔާރުކުރަން ޖެހޭ" --

ކައިވެނި ނުކޮށް ތިބޭ ދުވަސްވީ އަންހެނުންގެ ހައްގުގައި، ފިރިހެނުން އެއް އަންހެނަކަށްވުރެ ގިނަ އަންހެނުންނާ ކައިވެނިކުރުމަށް ޔޫއޭއީގެ ފެޑަރަލް ނެޝަނަލް ކައުންސިލްއަށް ވާދަކުރައްވާ އަންހެން ކެންޑިޑޭޓަކު ގޮވާލައްވައިފަ އެވެ.

މިހާރު ކުރިއަށްދާ އިލެކްޝަން ކެމްޕޭންގައި ހައުލާ އަލް އަލީގެ ސްލޯގަންއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކައިވެނިނުކޮށް ތިބޭ އަންހެނުން އެނޫން ގޮތެއް ހޯދައި ދިނުމަށް ފިިރިހެނުން އެއް އަންބަށްވުރެ ގިނަ އަނބިން ހިޔާރުކުރަން ޖެހޭ" އެެވެ

ހައުލާގެ ކެމްޕޭންއަށް ފިރިހެނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު އޭނާ ކޮންމެހެންވެސް ހޮވަން ޖެހޭކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ޔޫއޭއީ ޝާރުޖާގެ ޕަބްލިކް ލައިބްރަރީގައި މަސައްކަތް ކުރައްވަމުން އަންނަ ހައުލާ އަދި ކައިވެންޏެއް ނުކުރައްވައެވެ. ނަމަވެސް އޭނާ އިލެކްޝަން ކެމްޕޭންގައި އެފަދަ ސްލޯގަންއެއް ބޭނުންކުރަނީ ކޮންމެހެން އެ ސަބަބާ ހުރެ ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ހައުލާ ވިދާޅުވީ އެއް އަންބަށް ވުރެ ގިނަ އަނބިން ހޯދުމަކީ ފައިދާ ހުރި ކަމެއް ކަމަށެވެ.

"ފުރާވަރުގެ ދުވަސްވަރުވެސް އަޅުގަނޑު އަބަދުވެސް ދެކެމުން އައި ހުވަފެނެއް އެއް ބަޔަކު އަނެއްބަޔަކާ ގުޅުވުން." ހައުލާ ވިދާޅުވި އެވެ.

ހައުލާ އިތުރަށް ވިދާޅުވީ އެއް އަންބަކަށް ވުރެ ގިނަ އަނބިން ހޯދުމަކީ ހުވަފަތް ވެފައިތިބޭ އަންހެނުންނަށާއި އެމީހުންގެ ދަރިންނަށްވެސް އޭގެން ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި އޭނާގެ ފިރިމީހާ އެހެން އަންހެނަކާ ކައިވެނިކުރަން ބޭނުންވެއްޖެނަމަ އަންބަކު ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް