ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓުކުރާ ބަންގްލަދޭޝް މީހަކު ޑީޕޯޓުކޮށްފި

ޑީޕޯޓްކުރި ޝަފީގުލް އިސްލާމް--- ފޮޓޯ: އިމިގްރޭޝަން

ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓުކޮށް އަދި ހުއްދަނެތި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ބިދޭސީއަކު މިއަދު ޑީޕޯޓުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ މުހައްމަދު ޝަފީގުލް އިސްލާމް ނަމަކާށް ކިޔާ 49 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އޭނާއަށް މީހުން އާންމުކޮށް ކިޔައި އުޅެނީ "މާސްޓާ"އެވެ. އިމިގްރޭޝަނުން ބުނީ އެ މީހާ މިއަދު ވަނީ ރާއްޖެއިން ޑީޕޯޓުކޮށްލާފައި ކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ މިއަދު ޑީޕޯޓުކޮށްލެވުނު މީހާއަކީ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ގަވައިދާ ޚިލާފުވުމަށް މެދުވެރިވި ސަބަބެއް ކަމަށެވެ. އަދި އިމިގްރޭޝަންގެ މަގުސަދަކީ އެފަދަ އިތުރު ސަބަބުތައް ހޯދައި، އެކަންކަން މަދުކުރުން ކަމަށެވެ.

https://sun.mv/121825

"މިއީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ހާއްސަ އޮޕަރޭޝަނެއް. އަޅުގަނޑުމެންގެ މަގުސަދަކީ ގަވައިދާ ހިލާފުވުމަށް މެދުވެރިވާ ސަބަބުތައް ހޯދައި، އެ ސަބަބުތައް މަދުކޮށް މިކަމުގައި ނަތީޖާއަކަށް ވާސިލުވުމަށް މަސައްކަތްކުރުން،"

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި މިހާރު އޮންނަނީ ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ނުވަތަ ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން ޕާޓްނާޝިޕުގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.

https://sun.mv/121942

ނަމަވެސް ގަވައިދާ ހިލާފަށް ވަރަށް ގިނައިން ދިވެހިންގެ ނަމުގައި ބިދޭސީން ވިޔަފާރި ކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް