މާލޭ ގެއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭ ގެއެއްގެތެރޭ ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު މާފަންނުގައި ހުރި ގެއެއްގައޮ މީހަކު މަރުވެފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މަރުވެފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެކެވެ.

މިހާތަނަށް ބެލިބެލުމުން މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

comment ކޮމެންޓް