އަގްލީލް ހައްޔަރެއް ނުކުރޭ، ފޯނާ ލެޕްޓޮޕާ ހިފަހެއްޓުމަށްފަހު ދޫކޮށްލައިފި

ޔަ އަހުމަދު އަގްލީލް (ކިޑް): އޭނާ ވަނީ ދޫކޮށްލާފައި ---

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން އާންމު ކުރި ރިޕޯޓާއި ގުޅިގެން ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި ރޭ އައްޑޫ ސިޓީން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ އަހުމަދު އަގްލީލް (ކިޑް)، ފޭދޫ، ގުރަހާގެ ދޫކޮށްލައިފި އެވެ.

ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން އަގްލީލް އަކީ މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކުރުމަށްފަހު، މަރާލި ކަންނެލި ދޯނި ހަމަޖައްސައިދިން މީހާއެވެ. ނަމަވެސް އެ ތުހުމަތުތައް އަގްލީލް ވަނީ މީގެ ކުރިން ދޮގުކޮށްފަ އެވެ.

އައްޑޫ ސިޓީގައި ރޭ ހިނގި ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގައި އަގްލީލްއާ ގުޅުން ހުރި ތަންތަން ވަދެ ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ރޭ 8:00 އެހާކަންހާއިރު ގަން ޕޮލިސް ސްޓޭޝަނަށް ގެދިޔުމަށް ފަހު ވަނީ، ތިން ގަޑިއިރު ބޭންދުމަށް ފަހު ދޫކޮށްލާފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ދޫކޮށްލާފައިވަނީ، ތަހުގީގު ބޭނުމަށް އޭނާގެ ފޯނާއި ލެޕްޓޮމް ނެގުމަށްފަހު، އޭނާގެ ބަޔާނެއްވެސް ނަގާފަ އެވެ.

ފުލުހުން ރޭ ފެށި އޮޕަރޭޝަންގައި އައްޑޫ ސީޓީގެ އިތުރުން މާލޭ ސިޓީގެ އަށް ގެއެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި މިއަދު ވެސް ފުލުހުން ބަލާ ފާސްކުމުގެ އޮޕަރޭޝަން ކުރިއަށްދާއިރު، ބައެއް ވިޔަފާރިތަކާއި ބައެއް ތަންތަން ފުލުހުން ދަނީ ބަލާ ފާސްކުރަމުނެވެ.

ފުލުހުން ބުނީ، ބާލާ ފާސްކުުމުގެ އޮޕަރޭޝަންގައި އެވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ. މިއަދު ފުލުހުން ވަނީ މި އޮޕަރޭޝަން ކަނޑުމައްޗަށް ވެސް ފުޅާ ކޮށްފައެވެ.

comment ކޮމެންޓް