Last Updated: 5 year 8 month ago

ވޯލްޑް ކަޕް ކޮލިފިކޭޝަން: ރާއްޖެ 0-5 ޗައިނާ

ބުލޮގު ޚުލާސާ

ފީފާ ވޯލްޑް ކަޕް އޭޝިއަން ކޮލިފިކޭޝަންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުޙަބާ.

21:50

"90+3- މެޗު ނިމިއްޖެ.

21:50

މެޗުގެ ފަހު ސިކުންތުކޮޅު ކުރިއަށް ދަނީ.

21:48

ރާއްޖޭގެ ގޯލް ކުރިމަތިން ބޯޅަ ގޯލަށް ފޮނުވާލީ އައި ކެސެން. މިއީ އޭނާ މި މެޗުގައި ޖެހި ދެވަނަ ލަނޑު.

21:47

"90- ޗައިނާއިން 5 ވަނަ ލަނޑު ޖަހައިފި.

21:47

"90- މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި އިތުރު ވަގުތުގެ 3 މިނިޓް ދައްކާފައި މިވަނީ.

21:46

"89- މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގެ ކުޅުން ކުރިއަށް ދަނީ.

21:43

"86- ރާއްޖޭ ޓީމުން ބަދަލެއް.

21:43

"85- ރާއްޖޭ ޕެނަލްޓީ އޭރިޔާގެ އަރިމަތީން ޗައިނާއަށް ހިލޭ ޖެހުމެއް.

21:39

"82- ޗައިނާގެ 4 ވަނަ ލަނޑު. އެޓީމުގެ ޕެނަލްޓީ ކުރިއަށް ފޮނުވާލީ އައި ކެސެން.

21:38

"81- ރާއްޖޭ ޓީމުގެ ކެޕްޓަން އަކޫ، ޗައިނާގެ ވެއިޝިހާއޯއަށް ފައުލުކުރުމާ ގުޅިގެން އަކޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް.

21:38

"81- ޗައިނާއަށް އަނެއްކާވެސް ޕެނަލްޓީއެއް.

21:37

"80- މެޗުގެ ފަހު 10 މިނިޓް ކުޅުން މިހާރު ކުރިއަށް ދަނީ. ޗައިނާ 3، ރާއްޖެއަށް އަދިވެސް ލަނޑެއް ނުޖެހޭ.

21:36

"78- ޗައިނާ ޓީމުން ބަދަލެއް. ކެޕްޓަން ހާއޯ ޖުންމިންގެ ބަދަލުގައި ކުޅެން އެރީ ޔާއޯ ޖުންގޝެންގ.

21:35

މެޗުގެ 78 މިނިޓްގެ ކުޅުން ނިމިފައިވާއިރު، ޗައިނާއިން މިވަނީ 3 ލަނޑު ޖަހާފައި. އަދި ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ނުރައްކާތެރި ބޯޅަތަކެއް ދިފާއުކޮށްފައި.

21:34

"77- އަނެއްކާވެސް ޗައިނާގެ ހަމަލާއެއް. އެޓީމުގެ ވޫލައި ބޯޅަ ހިފައިގެން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ރޮނގުމަތީން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރީ.

21:32

"74- ޗައިނާގެ ކެޕްޓަން ވޫ ލީ ނަގައިދިން ހުރަސް އެޓީމުގެ ކުޅުންތެރީން ރާއްޖޭގެ ގޯލަށް އަމާޒުކުރި، ނަމަވެސް ކީޕަރު ފައިސަލް އެބޯޅަ ދިފާއުކުރީ.

21:31

"73- ރާއްޖޭގެ އިބްރާހިމް އައިސަމަށް ރީނދޫ ކާޑެއް. ރާއްޖޭގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ޗައިނާއަށް ހިލޭ ޖެހުމެއް.

21:29

އިއްބެއަށް ފަރުވާ ދިނުމަށް އަށިގަނޑުގައި ދަނޑުން ބޭރަށް ނެރެފި.

21:28

ބޯޅަ ފޮނުވާލުމަށްފަހު ފަޔަށް ތަދެއް އެރުމުން އިއްބެއަށް ފަރުވާ ދެނީ.

21:27

"70- ރާއްޖޭގެ މަހުދީއަށް ޗައިނާ ހާފް ތެރޭން ލިބުނު ބޯޅައެއް އޭނާ ގޯލަށް ފޮނުވާލީ. ނަމަވެސް ޗައިނާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.

21:25

"69- ޗައިނާ ޓީމުން ބަދަލެއް. ޔަން ޒޫގެ ބަދަލުގައި ކުޅެން އެރީ ވެއި ޝިހާއޯ.

21:23

"66- ރާއްޖޭ ޓީމުގެ ނިހާނަށް އަނިޔާވެފައި މިވަނީ. އަދި އޭނާއަށް ފަރުވާދެމުން ދަނީ.

21:22

ޗައިނާ 3- ރާއްޖެއަށް ލަނޑެއް ނުޖެހޭ.

21:21

"64- ޗައިނާގެ ޔަން ޒޫ ވަރަށް މަޑުމަޑުން ރާއްޖޭގެ ގޯލްގެ ކަނާތްފަރާތުން ތިރީ ކަނަށް ފޮނުވާލި ޕެނަލްޓީ ގޯލްގެ ތެރެއަށް.

21:20

"63- ޗައިނާއަށް ޕެނަލްޓީއެއް.

21:19

"62- ޗައިނާ ކުޅުންތެރީން ރާއްޖޭގެ ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކުރަން އުޅުމުގެ ތެރޭގައި ހައިޝަމްގެ ގައިގަ ޖެހިފައި ކޯނަރަކަށް ބޭރު.

21:15

"58- ރާއްޖޭ ޓީމުން ބަދަލެއް. އަހްމަދު ނޫމާންގެ ބަދަލުގައި ކުޅެން އެރީ އަލީ ސަމޫހު.

21:15

"58- ޗައިނާއަށް ކޯނަރެއް.

21:14

ދާދު ނުކުތުމާއެކު ރާއްޖޭ ޓީމުން މިދަނީ ކުޅުމުގެ ތެރެއަށް ވަދެ، ހަމަލާތަކެއް އުފައްދަމުން.

21:13

ރާއްޖެއަށް ލިބުނު ކޯނަރުން ޗައިނާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހައިޝަން ބޮލުން ޖަހައި ގޯލަށް ފޮނުވާލީ. ނަމަވެސް ޗައިނާ ކީޕަރު އެ ބޯޅަ ދިފާއުކުރީ.

21:13

"55- ރާއްޖެއަށް ކޯނަރެއް.

21:12

އަކޫ ކުރިއަށް ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑީގެ މަތީ ކަނަށް އަމާޒުވީ.

21:11

"54- ޗައިނާ ޕެނަލްޓީ އޭރިޔާގެ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް. ބޯޅަ ފޮނުވާލަނީ އަކޫ.

21:10

53- ޗައިނާއަށް ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއް. ގޯލަށް ފޮނުވާލުމުން ކީޕަރު ފައިސަލް މިވަނީ ބޯޅަ ދިފާއުކޮށްފައިި.

21:08

"51- ޗައިނާގެ ނުރައްކާތެރި ހަމަލާއެއް. އެޓީމުގެ ވެންގަން ރާއްޖޭގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ވޫލެއި ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.

21:06

ދާދު ވަރަށް ރީތިކޮށް، ޗައިނާ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މަހުދީ އަމިއްލައަށް ވެއްޓުނީ ކަމަށް ބަލައި ރެފްރީ މިވަނީ ރީނދޫކާޑު ދައްކާފައި. ރާއްޖޭ ކުޅުންތެރީން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި.

21:05

"48- މަހުދީއަށް ރީނދޫ ކާޑެއް.

21:03

ދެވަނަ ހާފަށް ރާއްޖޭން މި ނުކުތީ ބަދަލަކާއެކު. ދަގަނޑޭގެ ބަދަލުގައި މިވަނީ ހަސަން ނާއިޒް (ދާދު) ކުޅެން ނުކުމެފައި.

21:02

"46- ދެވަނަ ހާފްގެ ކުޅުން ފަށައިފި.

21:01

ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށުމަށް ކުޅުންތެރީން ދަނޑަށް ނުކުމެއްޖެ.

21:00

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 6 ފަހަރު ހޯދައި، އެންމެ ގިނަ ގޯލް ޖަހައިގެން 8 ފަހަރު ރަންބުޓޫ ހޯދައިފައިވާ މިކުޅުންތެރިޔާ ދަނީ މިހާރުވެސް ކްލަބު ލެވެލްގައި މޮޅު ކުޅުމެއް ދައްކަމުން.

20:58

ގައުމީ ޓީމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އަލުން ޓީމާ ގުޅުނު ރާއްޖޭގެ ކުރީގެ ކެޕްޓަން ދަގަނޑޭ ވަނީ، ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދައި ރެކޯޑުތަކެއް ގާއިމްކޮށްފައި.

20:56

ގުއާމްއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ރާއްޖޭ ޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހީމް މަހުދީ.

20:54

މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ގުއާމްއަށް ދެކޮޅަށް. އެ މެޗުން ރާއްޖެ ވަނީ 1-0 ލަނޑުން މޮޅުވެ ފެށުން ރަނގަޅުކޮށްފައި.

20:47

"45+2- ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ރާއްޖެ 0، ޗައިނާ 2.

20:46

"45- މިހާރު ކުރިއަށް ދަނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 2 މިނިޓްގެ ކުޅުން.

20:45

ޗައިނާގެ ޔަން ޒޫ ރާއްޖޭގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ވޫލެއި ބޮލުން ޖަހައި ގޯލަށް ވައްދައިލީ.

20:44

"44- ޗައިނާއިން ދެވަނަ ލަނޑު ޖަހައިފި.

20:43

މެޗުގެ 43 މިނިޓްގެ ކުޅުން ނިމުނު އިރު ޗައިނާއިން މިވަނީ އެއް ލަނޑު ޖަހާފައި. ނަމަވެސް ރާއްޖެއަށް އަދި ރަނގަޅު ހަމަލާއެއްވެސް އުފެއްދޭ ގޮތެއް ނުވޭ.

20:40

"39- ޗައިނާއަށް ލިބުނު ހިލޭ ޖެހުމަކުން ރާއްޖޭގެ ގޯލް ކުރިމައްޗަށް ފޮނުވާލި ބޯޅަ އެޓީމުގެ ކުޅުންތެރިއެއްގެ ބޮލުން ޖަހައި ގޯލަށް ފޮނުވާލުމުން ރާއްޖޭގެ ކުޅުންތެރިން މިވަނީ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައި.

20:39

"39- ޗައިނާގެ ވޫލީއަށް ފައުލުކުރުމާ ގުޅިގެން ރާއްޖޭ ޓީމުގެ އަކޫއަށް ރީނދޫ ކާޑެއް.

20:36

މިރޭގެ މެޗުގައި ރާއްޖޭ ޓީމުގެ ކުރި ބަލަހައްޓަމުން ގެންދަނީ، ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު ދަގަނޑޭ. ނަމަވެސް ދަގަނޑޭ އަލުން ގައުމީ ޓީމުން ފެނިގެން މިދަނީ ދޮޅު އަހަރުގެ މެދު ކެނޑުމަކަށް ފަހު.

20:36

ރާއްޖޭ ޓީމުގެ އިބްރާހިމް މަހުދީ ޗައިނާގެ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެވޭތޯ މަސައްކަތްކުރި.

20:34

ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަރަށް ރީތިކޮށް ޗައިނާ ކުޅުންތެރިޔަކު ހުރަސްކޮށްލި ބޯޅަ، އެޓީމުގެ ވޫ ޒީ ގޯލްތެރެއަށް ބޯޅަ ފޮނުވާލީ ބޮލުން ޖަހައި. ރާއްޖޭ ކުޅުންތެރިން އެވަގުތު ތިބީ އަކުރަމް ވެއްޓިފައި އޮތުމުން އޭނާއަށް ސަމާލުކަން ދީގެން ކަމަށް ބެލެވެނީ.

20:33

"33- ޗައިނާ ޓީމުން ލަނޑު ޖަހައިފި.

20:31

ޗައިނާ ޓީމަށް އިރުޝާދުދެމުން މިދަނީ، އިޓަލީއަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިޕީ.

20:28

ރާއްޖޭ ޓީމުން ކުޅުން ލަސްކުރާ ކަމަށް ބުނެ، ރެފްރީ މިވަނީ ގޯލް ކީޕަރު ފައިސަލަށް ކުޅުން އަވަސްކުރުމަށް އަންގާފައި.

20:28

ޗައިނާ ޓީމުން މިދަނީ ފުލުފުލުގައި ހަމަލާތައް އުފައްދަމުން.

20:25

"26- ޗައިނާ ޓީމަށް ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމަކުން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ޗައިނާ ޓީމުގެ ޔަންގ ޒޫ ބޮލުން ޖހައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް.

20:23

"23- ޗައިނާއަށް ލިބުނު ކޯނަރުން ރާއްޖޭގެ ގޯލް އޭރިޔާ ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ޗައިނާގެ އައިކެސިން ބޮލުންޖަހައި ގޯލަށް ފޮނުވާލީ. ނަމަވެސް ކީޕަރު ފައިސަލް ވަރަށް ހުޝިޔާރުކޮށް ބޯޅަ ދިފާއުކުރީ.

20:22

"22- ޗައިނާ ކުޅުންތެރިން ރާއްޖޭ ޕެނަލްޓީ އޭރިޔާތެރޭން ފޮނުވާލި ބޯޅަ، ކީޕަރު ފައިސަލްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރަށް.

20:20

"20- ޗައިނާގެ 11 ނަންބަރު އައިކެސިންއަށް ރީނދޫ ކާޑެއް.

20:20

ނިހާނަށް ފަރުވާދިނުމަށް ފަހު ކުޅުން އަލުން ފަށައިފި.

20:19

ރާއްޖޭ ޓީމުގެ ހުސައިން ނިހާނަށް ޗައިނާ ކުޅުންތެރިޔަކު ފައުލުކުރުމުން އޭނާއަށް ފަރުވާ ދެމުން މިހާރު ދަނީ.

20:17

"17- ރާއްޖޭ ޓީމަށް ހަމަލާއެއް އުފައްދަން ފުރުސަތެއް. ނަމަވެސް، ޗައިނާގެ ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ޗައިނާ ކުޅުންތެރީން ދިފާއުކުރީ.

20:16

"15- އަނެއްކާވެސް ޗައިނާގެ ހަމަލާއެއް. ކީޕަރު ފައިސަލްގެ އަތުން ޖަހައި ބޯޅަ ކުޅުމުގެ ތެރެއަށް ފޮނުވާލީ.

20:16

20:15

ޗައިނާގެ ޔަންގ ޒޫ ކުރިއަށް ފޮނުވާލި ބާރު ބޯޅަ ދަގަނޑޭގެ މޭގައި ޖެހުނީ.

20:14

"14- ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ޗައިނާއަށް ހިލޭ ޖެހުމެއް.

20:12

ޗައިނާގެ ފުރަތަމަ 11:

  • ޔަން ޖުންލިން (ގޯލް ކީޕަރު)
  • ލި ލިއީ
  • ޒަހާންގް ލިންޕެންގެ
  • ވޫ ލިއީ
  • ހައޯ ޖުންމިން (ކެޕްޓަން)
  • ޔަންގު ޒޫ
  • އައި ކެސިން
  • ޗީ ޒޮހޯންގުއޯ
  • ވޫ ޒީ
  • ވަން ގުއާންގް
  • ޒުހޫ ޗެން ޒިއީ
20:11

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މެޗު ބެއްލެވުމަށް މިހާރު ވަނީ ގަލޮޅު ދަނޑަށް ވަޑައިގެންފައި.

20:11

މިރޭގެ މެޗު ބެލުމަށް ޗައިނާގެ ވަރަށް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެއިފައިވާކަން ފާހަގަކޮށްލެވޭ.

20:09

"9- ޗައިނާ ޓީމުން އަނެއްކާވެސް ހަމަލާއެއް. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭން، ހެލްމެޓްގެ ބޮލުގައި ޖެހިފައި ބޯޅަ އޭރިޔާއިން ބޭރަށް ނުކުތީ.

20:08

ރާއްޖޭ ޓީމުން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރަމުން ދަނީ. ނަމަވެސް މެޗުގެ ފުރަތަމަ ވަގުތު ކޮޅުތެރޭގައި ލިބުނު ފުރުސަތަށްފަހު އަދި ރަނގަޅު ފުރުސަތެއް ނުއުފެއްދޭ.

20:06

"6- ޗައިނާ ޓީމުން ހަމަލާއެއް. ޗައިނާއަށް ލިބުނު ކޯނަރަކުން އުފެއްދި ހަމަލާ، ރާއްޖޭ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި އަނެއްކާވެސް ކޯނަރަކަށް ބޭރު.

20:06

ބަދަލު ކުޅުންތެރިން:

  • ހުސައިން ޝަރީފް
  • އަލީ ސަމޫހް
  • މުހައްމަދު އިރުފާން
  • މުހައްމަދު ސަމްދޫހް
  • އަބްދުﷲ އަސަދުﷲ
  • ހުސައިން ނާއިޒް
  • ނަޒީމް
  • ސާއިފް
  • އިބްރާހިމް ލަބާން
  • އިބްރާހިމް ވަހީދު
20:04

ގައުމީ ޓީމްގެ ފުރަތަމަ 11:

  • މުހައްމަދު ފައިސަލް (ގޯލް ކީޕަރު)
  • ނުއުމާން
  • ހުސައިން ޝިފާއު ޔޫސުފް
  • އަލީ އަޝްފާގް
  • އައިޝަމް އިބްރާހިމް
  • ހަމްޒާ މުހައްމަދު
  • އަކްރަމް އަބްދުލްޣަނީ (ކެޕްޓަން)
  • މުހައްމަދު ނާއިމް
  • އިބްރާހިމް މަހްދީ
  • ހައިޝަމް ހަސަން
  • ހުސައިން ނިހާން
20:02

އަކޫ ވަރަށް ރީތިކޮށް ޗައިނާ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅައެއް. ރާއްޖޭ ޓީމަށް ބޭނުން ހިފޭ ގޮތެއް ނުވި.

20:00

މެޗް ފަށައިފި. ކިކް އޮފް ކުރީ ރާއްޖޭން.