ތުޅާދޫގައި އަޅާ 50 ހައުސިން ޔުނިޓް ނޮވެމްބަރުގައި ނިމޭނެ: މިނިސްޓަރު

ތުޅާދޫގައި އަޅާ ހައުސިން ޔުނިޓްތައް ހައުސިން މިނިސްޓަރު ބައްލަވާލައްވަނީ--- ފޮޓޯ: ދިއްދޫ ލަގްޒަރީ އިންވެސްޓްމަންޓް

ބ. ތުޅާދޫގައި މިހާރު އަޅަމުންދާ 50 ހައުސިން ޔުނިޓްގެ މަސައްކަތްތައް އަންނަ ނޮވެމްބަރަށް ނިމޭނެކަމަށް ހައުސިން މިނިސްޓަރު ޑރ. އާތިފާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވަނީ އެ ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް ދިގުލައިގެން ދާތީ ކަންބޮޑުވުންވުން ފާޅުކުރައްވައިފަ އެވެ.

ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަން ސަރުކާރުން، ދިއްދޫ ލަގްޒަރީ އިންވެސްޓްމަންޓާ ހަވާލުކުރީ 2012 ވަނަ އަހަރު އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެތަނުގެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ.

ތުޅާދޫގައި އަޅާ ހައުސިން ޔުނިޓްތައް ހައުސިން މިނިސްޓަރު ބައްލަވާލައްވަނީ--- ފޮޓޯ: ދިއްދޫ ލަގްޒަރީ އިންވެސްޓްމަންޓް

ލަގްޒަރީ އިންވެސްޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ ނޮވެމްބަރު މަހު 100 ހައުސިން ޔުނިޓްގެ ތެރެއިން 50 ހައުސިން ޔުނިޓް ނިންމާ ސަރުކާރާ ހަވާލުކުރާނެ ކަމަށެެވެ. އަދި ބާކީ 50 ހައުސިން ޔުނިޓްތަކުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަަމަށް އޮފިޝަލް ވިދާޅުވި އެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ތުޅާދޫގައި ވަނީ އިތުރު 100 ހައުސިން ޔުނިޓް ހެދުމަށް ލަންކާގެ ކުންފުންޏަކާވެސް މިއަހަރު ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް