މަޝްހޫރު އެކްޓަރު އަލީ ސީޒަން ޑައިރެކްޓު ކުރާ ފިލްމު "އަނދިރިކަން"ގެ މ. މަޑުއްވަރީގައި ކުރިއަށް ދިޔަ ފުރަތަމަ ޝޫޓިންތައް ނިންމާލައިފި އެވެ.
ފިލްމުގެ ކާސްޓު ބުނެފައިވާ ގޮތުގައި ޝެޑިއުލްކޮށްފައިވާ ފުރަތަމަ ޝޫޓިންތަކުގެ ހުރިހާ މަސައްކަތެއް ވަނީ މިހާރު ނިމިފަ އެވެ.
ފިލްމުގެ މަސައްކަތްތަކަށް އެ ރަށުގެ ރައްޔިތުންގެ ފަރާތުން، އަދި ހާއްސަކޮށް ޒުވާނުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އެ ފިލްމުގެ ކާސްޓުން ވަނީ ބުނެފަ އެވެ.
އަނދިރިކަން ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ނެގުމަށް ހަމަޖެހިފައި ވަނީ މަޑުއްވަރީގައި ކަމަށް ވަނީ ކުރީން ބުނެފަ އެވެ. އެ ފިލްމުގެ ބައެއް ވަނީ މ. ރަތްމަންދޫގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.
އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ސީޒަން އާއި އައިމިނަތު ރިޝްފާ އަދި ޝީލާ ނަޖީބެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް އާއި އަހުމަދު ސައީދުގެ އިތުރުން މަރިޔަމް ޝަކީލާ ހިމެނެ އެވެ.
ސީޒަން އާއި އަބްދުﷲ ޝިވާޒް (މާސްކޭ) ގުޅިގެން ތައްޔާރުކުރާ އެ ފިލްމަކީ އައިލާ ޑްރާމާ ފިލްމެކެވެ. އެ ފިލްމު ރިލީޒުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގަ އެވެ.