ހިންނަވަރު އީދު ޝޯގެ ތެރެއިން ހަމަނުޖެހުން ހިންގައިފި

ހިންނަވަރު އީދު ޝޯގެ ތެރެއިން --- ފޮޓޯ: ހޯމް މިނިސްޓްރީ

ޅ. ހިންނަވަރުގައި ރޭ ކުރިއަށް ދިޔަ އީދު ޝޯ ބަލަން ތިބި ބައެއްގެ ދެމެދުގައި ހަމަނުޖެހުން ހިންގައިފި އެވެ.

ފުލުހުން ބުނީ ހަމަނުޖެހުން ހިނގައިފައި ވަނީ ދެ ރަށެއްގެ ބައެއްގެ ދެމެދުގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އީދު ޝޯ ތެރެއިން ހަމަނުޖެހުން ހިނގާފައި ވަނީ ހިންނަވަރު ބަޔަކާއި އީދު ޝޯ ބަލަން ދިޔަ އެ އަތޮޅު ނައިފަރުގެ ބަޔަކާ ދެމެދު އެވެ.

ރޭ 12:18 ގައި ހިނގި މި ހަމަނުޖެހުމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަމަނުޖެހުން ކޮންޓްރޯލް ކޮށްފަ އެވެ. އަދި ހަމަނުޖެހުން ހިންގި މީހުން އެ ސަރަހައްދުން ވަނީ ފޮނުވާލައިފަ އެވެ.

މި އަހަރުގެ ބޮޑު އީދު ސަރުކާރުން ރަސްމީކޮށް ފާހަގަކޮށްފައި ވަނީ ހިންނަވަރުގަ އެވެ. ހިންނަވަރުގައި ސަގާފީ ކުޅިވަރުތަކާ، ސްޓޭޖް ހަރަކާތްތަކާ އެކު ކުލަގަދަކޮށް ވަނީ އީދު ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް