އީދުގައި ހެނބަދޫއިން ތަފާތު ކުޅިވަރެއް، ޕްލާސްޓިކް ފުޅި ހޮވުން!

ހެނބަދޫގައި އިއްޔެ ބޭއްވި ޕްލާސްޓިކް ފުޅި ހޮވުމުގެ މުބާރާތުގެ ތެރެއިން--- ފޮޓޯ: ޖޯޝް ޖަމިއްޔާ

މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމުގެ ގޮތުން ނ. ހެނބަދޫގައި އިއްޔެ ތަފާތު ކުޅިވަރެއް ކުޅެ ބޮޑު ސަމާލުކަމެއް ހޯދައިފި އެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައި ކުޅޭ ކުޅިވަރުތަކުގެ ބަދަލުގައި ހެނބަދޫގައި މިފަހަރު ބާއްވާފައި ވަނީ ޕްލާސްޓިކް ފުޅި ހޮވުމުގެ މުބާރާތެކެވެ.

އެ ކުޅިވަރު އިންތިޒާމްކުރުމުގައި އުޅުނު ހެނބަދޫ ޖޯސް ޖަމިއްޔާގެ ސެކެޓްރީގެ އެހީތެރިޔާ އަބްދުއް ރަހްމާން ނިޒާމް "ސަން" އަށް ބުނީ އެ މުބާރާތް ބާއްވަން އެ ޖަމިއްޔާގެ ކޮމެޓީން ނިންމީ އެއީ ތިމާވެއްޓާ ގުޅުންހުރި ކަމަކަށް ވެފައި އެކަމަށް ގިނަބައެއްގެ ތާއިދު ލިބޭނެކަމަށް ބެލެވޭތީ ކަމަށެވެ.

ހެނބަދޫގައި އިއްޔެ ބޭއްވި ޕްލާސްޓިކް ފުޅި ހޮވުމުގެ މުބާރާތުގެ ތެރެއިން--- ފޮޓޯ: ޖޯޝް ޖަމިއްޔާ

އޭނާ ބުނީ އެ މުބާރާތުގައި އުމުރުން ހަ އަހަރުގެ ކުދިންއިން ފެށިގެން އެންމެ ދުވަސްވީ މީހުން ބައިވެރިވި ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިކޮށްފައިވަނީ ދެ މީހުން ހިމެނޭ ޓީމަކުންނެވެ. އެގޮތުން 45 ޓީމް ބައިވެރިވި ކަމަށް ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ، އެ މުބާރާތުގައި 7000 އެއްހާ ޕްލާސްޓިކް ފުޅި ހޮވި ކަމަށެވެ.

އެ މުބާރާތުގައި އެންމެ ގިނައިން ފުޅި ހޮވި ޓީމަކަށް 300 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު ދެވަނަ ޓީމަށް 200 ރުފިޔާ އަދި ތިން ވަނަ ޓީމަށް 100 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް