ބީއެމްއެލްއިން އެދުނު އަމުރު ކޯޓުން ނެރެ ނުދިން

ބީއެމްއެލްގެ 2017 ވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު އެ ކުންފުނީގެ މާލީ ރިޕޯޓެއް ހިަފަހައްޓައިގެން -- ސަން ފައިލް ފޮޓޯ

ކޮރަޕްޝަން މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް މައުލޫމާތު ދިނުން މަޑު ޖައްސާލުމުގެ ވަގުތީ އަމުރަކަށް ބީއެމްއެލްއިން އެދުނު ނަމަވެސް އެފަދަ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ދިނުމަށް އެދުނު ނަމަވެސް، ބީއެމްއެލް އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، އެ ކޮމިޝަނުން އެދޭ މައުލޫމާތުތައް ފީޯރުކޮށްދޭން ޖެހޭނީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ.

ބީއެމްއެލް އިން ބުނަމުން ދަނީ، މިފަހުން ރައީސް އަބްދިﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމެއްގެ ސަބަބުން ކޯޓް އަމުރެއް ނެތި ކަސްޓަމަރުންގެ ބައެއް މައުލޫމާތު ދިނުމަށް ހުރަސް އެޅެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ތަހުގީގީ އިދާރާތަކުން ބުނަމުން ދަނީ އެ ހުކުމް އެކަމަށް ހުރަސް ނޭޅޭ ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް އޭސީސީއިން ވެސް ވަނީ މިހާރު ވަދެފަ އެވެ.

ބީއެމްއެލް އިން ބުނެފައި ވަނީ، ތަހުގީގަށް ބޭނުންވާ ވަރަށް ގިނަ މައުލޫމާތުތައް މިހާރުވެސް ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

comment ކޮމެންޓް