ފަނޑިޔާރު ހަސަން އަލީ އާއި އަބްދުﷲ އަލީގެ މައްސަލައެއް ބަލަން ނިންމައިފި

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ އަދި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ --- ސަން ފައިލް ފޮޓޯ

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ބައްލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ
  • ކޮމިޝަނުގެ މެމްބަރު މުހައްމަދު އީސާފުޅު
  • ކޮމިޝަނުގެ މެމްބަރު އިބްރާހީމް ރިފްއަތު

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ
  • ކޮމިޝަނުގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް
  • ކޮމިޝަނުގެ މެމްބަރު އިބްރާހީމް ރިފްއަތު

މީގެއިތުރުން ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝަރީފާ ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ބެލުމަށް ވެސް މިއަދު ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ
  • ކޮމިޝަނުގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް
  • ކޮމިޝަނުގެ މެމްބަރު މުހައްމަދު އީސާފުޅު

މިހާރުވެސް އެ ކޮމިޝަނުން އަންނަނީ ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންނެވެ. އެގޮތުން ގއ. އަތޮޅަށް ނިސްބަތްވާ ފަނޑިޔާރުންތަކެއްގެ މައްސަލަ ބެލުމަށް މިދިޔަ ހަފްތާގައި އެ ކޮމިޝަނުގެ ޓީމެއް ވަނީ އެ އަތޮޅަށް ދަތުރެއް ކޮށްފައެވެ.

comment ކޮމެންޓް