ފުލުސް ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން: މިރަސް މިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގެންނެވި -- ފޮޓޯ / ރައީސް އޮފީސް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފުލުހުންގެ ވަޒީފާއަށް ވަނުމަށް އިއުލާންކޮށްފި އެވެ.

ފުލުހުންގެ މުވައްސަސާއިން އިއްޔެ އާންމުކުރި އިއުލާންގައި ވަނީ ޕޮލިސް ކޮންސްޓެބަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. ކޮންސްޓެބަލްގެ މަގާމަކީ ފުލުހުންގެ އެންމެ އާދައިގެ ރޭންކްގެ މަގާމެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަދި އަންހެނެއްގެ އިސްކޮޅުގައި 5 ފޫޓަށްވުރެ ކުރުނުވުން ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ކުރިމަތިލާ މީހުންގެ އުމުރު 18- 25 އަހަރާ ދެމެދަށްވެސް ވާން ޖެހެއެވެ.

ކޮންސްޓެބަލްއެއްގެ މަގާމުގައި މުސާރައާއި އެލަވަންސްތަކާއެކު ޖުމްލަ 11،810 ރުފިޔާ ލިބެ އެވެ.

އެ މަގާމަށް ކުރިމަތި ލުމުގެ ތެރޭގައި ޖީސީއޯ އޯލެވެލް އިމްތިހާންގެ ދެ މާއްދާއިން މަދުވެގެން "ސީ" ފާސް ލިބުން ފާއިތުވި ފަސް އަހަރުތެރޭ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިނުވުން ހިމެނެއެވެ.

ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ މަހު 22 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ލިޔެކިޔުްތައް ހުށަހަޅަން ޖެހޭނެކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް