މޯލްޑިވް ގޭހުން ކާލްޓަން ބްރޭންޑުގެ ރެފްރިޖެރެންޓް ގޭސް ތައާރަފްކޮށްފި

މޯލްޑިވް ގޭހުން ކާލްޓަން ބްރޭންޑުގެ ރެފްރިޖެރެންޓް ގޭސް ތައާރަފް ކުރުން

މޯލްޑިވް ގޭހުން ކާލްޓަން ރެފްރިޖެރެެންޓް ގޭސް ތައާރަފްކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކާލްޓަން ބްރޭންޑުގެ ރެފްރިިޖެރެންޓް ގޭސް ރާއްޖެއަށް ތައާރަފު ކުރީ ރިސޯޓު ތަކުގައި އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެއާކޮންޑިޝަންގެ މަސައްކަތް ކުރާ މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ ސާވޭ އަކަށްފަހު ކަމަށާއި ކާލްޓަން ބްރޭންޑަކީ ރިސޯޓުތަކުގައި ވެސް އެންމެ މަގުބޫލު ރެފްރިޖެރެންޓް ގޭސް ކަމަށް މޯލްޑިވް ގޭހުން ބުންޏެވެ.

ކާލްޓަންގެ 410A، 134a، 404Aއަދި 407C ގޭސް މޯލްޑިވް ގޭހުން ވަނީ މިއަދު ވިއްކަން ފަށައިފައެވެ. މީގެ ތެރޭގައި ހޮޓެލް، ރިސޯޓް ތަކުގެ މިނީ ބާސް، އެއާކޯނަށް ހާއްސަ ގޭސް އަދި ޗިލާސް ގައި ބޭނުންކުރާ ގޭސް ހިމެނެއެވެ.

މޯލްޑިވް ގޭހަކީ އެންމެ ފުޅާ ދާއިރާއެއްގައި އެލްޕީޖީގޭސް އަދި މެޑިކަލް ގޭހުގެ އިތުރުން ހީލިއަމް އަދި އިންޑަސްޓްރިއަލް އަދި ރެފްރިޖެރެންޓް ގޭސް ވިއްކާ އެއް ކުންފުންޏެވެ.

މާކެޓްގެ އެންމެ ހެޔޮ އަގުގައި މި އުފެއްދުންތައް މޯލްޑިވް ގޭހުން ވިއްކާއިރު އެ ކުންފުނީގެ އައުޓްލެޓް ތަކުން މި އުފެއްދުންތައް ގަންނަން ލިބޭނެއެވެ.

comment ކޮމެންޓް