ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އާޖެންޓީނާއިން ކަނޑައަޅައިފި

ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ --- ފޮޓޯ: އޭބީސީ ނިއުސް

ލުބްނާންގެ ހަނގުރާމަވެރި ޝީއީ ޖަމާއަތް ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަަމަށް އާޖެންޓީނާއިން ކަނޑައަޅައިފިއެވެ.

އެމެރިކާ، އިސްރާއިލް، އިނގިރޭސިވިލާތް އަދި ބައެއް އަރަބި ގައުމުތަކުންވެސް ވަނީ ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އާޖެންޓީނާއިން، ހިޒްބުﷲ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅިއިރު މީގެ 25 އަހަރު ކުރިން އެގައުމުގެ ޔަހޫދީ ކަލްޗަރަލް ސެންޓަރަކަށް ދިން ހަމަލާގައި އެ ޖަމާއަތުގެ އަތެއްވާ ކަމަށް ވަނީ ބުނެފައެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅައި އެ ޖަމާއަތުގެ މުދާތައްވެސް ގަނޑުކުރަން ނިންމާފައިވާ ކަމަށް އާޖެންޓީނާއިން ވަނީ ބުނެފައެވެ.

އާޖެންޓީނާއިން އިތުރަށް ބުނީ ހިޒްބުﷲ ގެ އޮޕަރޭޝަންތަކަށް ފައިސާ ހޯދުމަށް އެގައުމުގަޔާއި، ބްރެޒިލް އަދި ޕެރަގުއޭގައިވެސް ގަވާއިދާ ހިލާފަށް އެކި މަސައްކަތްތައް ކުރަމުންގެންދާ ކަމަށެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު އާޖެންޓީނާގެ ބުއެނަސް އެއިރަސްއަށް ދިން ހަމަލާގައި 85 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

އާޖެންޓީނާއިން ތުހުމަތު ކުރާގޮތުގައި އެ ހަމަލާގެ ފަހަތުގައި އޮތީ އީރާންއެވެ. އަދި އެ ބޮންގޮއްވުމުގައި ބައިވެރިވެފައިވަނީ އީރާނުން މަދަދުވެރިވާ ހިޒްބުﷲ ޖަމާއަތެވެެ. ނަމަވެސް އެ ދެގައުމުންވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

comment ކޮމެންޓް