މަގުމަތިވެފައިވާ ކަނބާ އައިސާ މަހާނަ ހިމާޔަތް ކުރަނީ

ކަނބާ އައިސާ މަހާނަ --- ފޮޓޯ: ސޯޝަލް މީޑިއާ

ހއ. ބާރަށުގައި ހުންނަ ކަނބާ އައިސާ މަހާނަ ހިމާޔަތްކުރުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމައިފިއެވެ.

ކަނބާއައިސާ އަކީ އައްސުލްޠާނު އަލީ ހަވަނަ (އަލީ ރަސްގެފާނު) ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަނބަލުންނެވެ. ކަނބާ އައިސާގެ މާހަނަ އެ ރަށުގައި ހުންނަނީ އެކަމަނާ ޝަހީދުވެގެން ވެއްޓިވަޑައިގެންނެވި ތަނުގައެވެ.

ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިނިއުކޭޝަންސް އިސްމާއިލް ނާއިލް ވިދާޅުވީ ވަރށް ކުރިއްސުރެވެސް އެތަން ތަރިކައިގެ ލިސްޓުގައި އިންނަ ކަމަށެވެ. އެހެން ނަމަވެސް އެތަން އޮތީ ވަރަށް ބޮޑަށް އަޅާނުލައި ދޫކޮށްލައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

" ދާދި ފަހުން މިނިސްޓަރު ޔުމްނާ ބާރަށަށް ކުރެއްވި ދަތުރުފުޅުން އެކަން ބޮޑަށް ފާހަގަވީ،" ނާއިލް ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ އެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުންނާއި އަދި މީހުންގެ ފަރާތުން އިތުރު ގެއްލުންތަކެއް ނުވާނެގޮތް ހެދުމަށް މިހާރު ރާވަމުންދާ ކަމަށެވެ. އަދި މިހާރު ޕްލޭން ހުރީ އެ މަހާނަ ހުރި ސަރަހައްދުގައި އިތުރު ފާރެއް ރާނައި ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ ސަގާފީ ތަރިކަތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި މިހާރުވެސް ރާއްޖޭގެ ހުރިހާ ސަގާފީ ތަރިކައިގެ ލިސްޓެއް އެކުލަވާލުމަށް ދަނީ މަަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް