"އިޝްގް ވިޝްގް"ގެ ސީކުއަލްގައި ސާރާ

ސާރާ އަލީ ހާން---

ކާމިޔާބު ފިލްމު "އިޝްގް ވިޝްގް"ގެ ސީކުއަލް އަށް ބަތަލާ ސާރާ އަލީ ހާން ސޮއިކޮށްފިކަމަށް ހަބަރުތައް ބުނެފިއެވެ.

ދެހާސް ތިންވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "އިޝްގް ވިޝްކް" އަށް ސާރާ ސޮއިކޮށްފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރިއިރު އެ ފިލްމުން ފެނިގެންދާ ބަތަލަކީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާކަމަށްވެސް ހަބަރުތައް ބުނެއެވެ.

ކޮލެޖް ޒުވާނުންތަކެއްގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމަކަށް ފިލްމު ތައްޔާރުކޮށްފައިވާއިރު ފިލްމުގެ ޝޫޓިން އަވަސްމުސްތަގްބަލެއްގައި ފަށާނެކަމަށް ހަބަރުތައް ބުނެއެވެ.

ސާރާ ފިލްމުގެ ބަތަލާގެ ރޯލަށް ސޮއިކުރި ކަމަށް އަޑުއެރި ނަމަވެސް ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

ދެހާސްތިން ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފިރިހެން ލީޑު ރޯލުން ފެނިގެންދިޔައީ ޝާހިދު ކަޕޫރެވެ. އަންހެން ބަތަލާގެ ރޯލުން އަމްރިތާ ރޯއީ އާއި ޝެނާޒް ވަނީ ފެނިގެން ގޮއްސައެވެ.

comment ކޮމެންޓް