މައިކަލް ޖެކްސަންގެ ފޭނުން އޭނާގެ "ޖިންސީ ޝިކާރަ" އަށްވީ މީހުންނާ ދެކޮޅަށް ދައުވާކުރަނީ

މައިކަލް ޖެކްސަން--- ފޮޓޯ: އޭއެފްޕީ

މައިކަލް ޖެކްސަންގެ ފޭނުން އޭނާގެ "ޖިންސީ ޝިކާރަ" އަށްވީ ކަމަށް ބުނާ މީހުންނާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ.

މައިކަލްގެ ޖިންސީ ޝިކާރައަށްވީ ކަމަށް ބުނާ މީހުންނާ ދެކޮޅަށް ދައުވާ ކުރަން ނިންމީ ފްރާންސްއަށް ނިސްބަތްވާ މައިކަލްގެ ފޭން ކްލަބަކުންނެވެ.

އެ ކްލަބުން ދައުވާކުރަން ނިންމާފައިވަނީ ދާދި ފަހުން މައިކަލް ޖެކްސަންއާ ބެހޭގޮތުން ނެރުނު "ލީވިން ނެވާލޭންޑް"ގެ ޑޮކިއުމަންޓްރީގައި މައިކަލްގެ ޝިކާރައަކަށްވީކަމަށް ބުނާ މީހުންނާ ދެކޮޅަށެެވެ. އެ ޑޮކިއުމެންޓްރީގައި ޖޭމްސް ސޭފްޗަކް އަދި ވޭޑް ރޮބްސަންވެސް ވަނީ މައިކަލްގެ ޖިންސީ ޝިކާރައަކަށް ވީގޮތުގެ ވާހަކަ ކިޔައިދީފައެވެ. އެ ދެމީހުންވެސް ބުނީ 1990 ގެ އަހަރުތަކުގެ އެމީހުން ކުޑަކުޑައިރު މައިކަލްގެ ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ތަފާތު ހަދިޔާތައް ލިބުނު ކަަމަށެވެ.

އެމެރިކާ އަދި އިނގިރޭސިވިލާތާ ހިލާފަށް ފަރަންސޭސިވިލާތުގައި މިހާކު މަރުވުމަށްފަހުވެސް އެ މީހަކާ ދެކޮޅަށް ވާހަކަ ދައްކާމީހުންނާމެދު ދައުވާކުރުމުގެ ފުރުސަތު އޮވެއެވެ

ރޮއިޓާސްއިން ބުނީ އެ މައްސަލަގައި އަންނަ އޮކްޓޯބަރު މަހު ކޯޓުން ހުކުމް އިއްވާނެކަމަށެވެ. އެ މައްސަލަ ވައްދާފައިވަނީ ފްރާންސްގެ އޯލީންސްގެ ކޯޓަކަށެވެ.

މައިކަލް ޖެކްސަން ކުޑަކުދިންނަށް ޖިންސީ ގޯނާކުރިމަށް މީގެ ކުރިންވެސް އަޑުފެތުރުފިފައެވެ. އަދި އެފަދަ މައްސަލަތަކުގައި އެއާއިލާތަކަށް މިލިއަނުން މައިކަލް ފައިސާތައް ދައްކާފައި ވެއެވެ.

comment ކޮމެންޓް