ކިޔަވައިގެން ތިބޭ މީހުންވެސް ދީނީ ހައްދުފަހަނަ އަޅާދިއުމުގެ ފިކުރުގައި ޖެހޭ: މިނިސްޓަރު

ޑރ އައިޝަތު ވާހަކަދައްކަވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކިޔަވައިގެން ތިބޭ މީހުންވެސް ދީނީ ގޮތުން ހައްދުފަހަނަ އަޅާދިއުމުގެ ފިކުރުގައި ޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ފިކުރީ ހައްދުފަހަނައެޅުން ނައްތައިލުމުގައި ދީނީ އިލްމުވެރިންގެ ދައުރާ ބެހޭ ގޮތުން ބާއްވާ ދެ ދުވަހުގެ ވޯކްޝޮޕެއް ފެށުމަށް އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހައްދަ ފަހަނަ އަޅާ ދިއުމުގެ މައްސަލަ އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެއަށްވެސް މިހާރު ކުރިމަތިވެފައިވާ ކަމަށާއި އަދި އަޅާނުލާ އެކަން ދޫކޮށްލައިފިނަމަ ދެން ދައްކަން ޖެހޭ އަގު މާބޮޑުވާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހައްދު ފަހަނަ އަޅާދިއުމުގެ ޝިކާރައަކަށް ކޮންމެހެން ރަނގަޅު ތައުލީމްއެއް ނުލިބި އަދި ވަޒީފާއެއް ނެތް އަދި ރަނގަޅު އަދި އެކި ހައްގުތަކުން މަހުރޫމްވެފައިވާ ޒުވާނަކަށް ވާން ނުޖެހޭ ކަމަށެވެ.

" އެ ވެދާނެ ހަމަ ވަރަށް ރަނގަޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއްގައި ހުރިހާ ހައްގުތަކެއް ކަަށަވަރުވެފަިއވާ މީހަކަށްވެސް. އެފަދަ މީހުންވެސް އެމީހުން މިސާލަކަށް ބަލާ މީހުންގެ ސަބަބުން ވަރަށް ފަސޭހައިް މަަގުއޮޅި ސިކުނޑި ދޮވެލެވިދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން މިއަދު ފެށި ކައުންޓާ ޓެރަރިޒަމް ސެމިނާތައް ބާއްވައި ދީނީ އިލްމުވެރިންނާއި ލީޑަރުން ކުރިއަށް ނެރެންޖެހޭ ކަމަށާއި އަދި ހައްދުފަހަނަ އަޅާ ދިއުމުގެ ހުރިހާ ވައްތަރެއް ހުއްޓުވުމުގައި އެމީހުން މުހިއްމު ދައުރެއް އަދާކުރެވިދާނެކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

comment ކޮމެންޓް