މަރު ކޮމިޝަނުން ވަނީ އަދީބުގެ ބަޔާން ނަގާފައި

އަދީބު: ސަން ފައިލް ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާން ނަގައިފިއެވެ.

ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އަދީބު ކޮމިޝަނަށް ހާޒިރުކޮށް އޭނާގެ ބަޔާން ނަގާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲ ގެއްލުވާލި މައްސަލައާއި ދީީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި އަދީބާ ސުވާލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެނގިފައިވާގޮތުގައި އަދީބުގެ ބަޔާން އެ ކޮމިޝަނުން ނަގާފައިވަނީ މިދިޔަ ހަފްތާގައެވެ.

އެ ދެ މައްސަލާގައި އިތުރު ބައެއްގެ ބަޔާންވެސް ވަނީ ކުރިން ނަގާފައެވެ.

ކޮރަޕްޝަނާއި ޓެރަރިޒަމުގެ މައްސަލަތަކުގައި އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ކޯޓުން ބާތިލްކޮށްފައިވަނިކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ވަނީ އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަވެސް ދީފައެވެ.

comment ކޮމެންޓް