ވެލާ ރިސޯޓުން ކެއާ ސޮސައިޓީ އަށް 250000 ރުފިޔާ ހަދިޔާކޮށްފި

ވެލާ އައިލޭންޑްސް އިން ވަނީ ކެއާ ސޮސައިޓީއަށް 250000 ހާސް ރުފިޔާގެ އެހީއެއް ދީފައި--

ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓްގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅިގެން ކެއާ ސޮސައިޓީ(ކެއާ) އަށް 250،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

އެ ރުފިޔާ ކެއާ އާ ހަވާލުކުރުމަށް އިއްޔެ ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި ހަފްލާގައި އެހީއާ ހަވާލުވީ އެ ސޮސައިޓީގެ ޗެއާ ޕާސަން ތޯހާ ސަލީމެވެ.

ކެއާއިން ބުނީ ލިބުނު ފައިސާގެ އެހީގައި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކޮށް ކެއާ ސޮސައިޓީއިން ފޯރުކޮށްދޭ ހިދުމަތްތަކާ ކުރިއަށް ގެންދާ ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ވެލާ އައިލޭންޑްސްއިން ވަނީ ކެއާ ސޮސައިޓީއަށް 250000 ހާސް ރުފިޔާގެ އެހީއެއް ދީފައި--

ވެލާ ޕްރައިވެޓް އިން ވަނީ ކެއާގެ އިތުރުން ދެ ޖަމިއްޔާއަކަށް 250000 ރުފިޔާ ހަދިޔާކޮށްފަ އެވެ. އެއީ ތެލެސީމިއާ ސޮސައިޓީ އަދި ކެންސާ ސޮސައިޓީ އެވެ.

comment ކޮމެންޓް