ޓީއެފްޖީ ރަނިން ރަން މިއަދު 4 ޖަހާއިރު

ރަނިން ރަންގެ ޓީޝާޓް ކެއާސޮސައިޓީ ގެ ދަރިވަރަކާ ހަވާލު ކުރަނީ : ސަން ފޮޓޯ : ފަޔާޒް މޫސާ

އަންހެނުން ކަސްރަތަށް ހޭލުންތެރި ކުރުވައި ކަސްރަތުގެ މުހިންމުކަން އަންގައި ދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ޓީއެފްޖީ އިން ބާއްވާ "ރަނިން ރަން" 500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މިއަދު ހަވީރު 4:30ގައި ހުޅުމާލޭގައި އޮންނާނެ އެވެ.

މި ރަންގެ ޓައިޓްލް ސްޕޮންސާއަކަށް ހަމަ ޖައްސާފައި ވަނީ ކެއާ ސޮސައިޓީ އެވެ.

ދުވުންތެރިން ދުވުމަށް ރެޖިސްޓްރީވާން ދައްކާ ފީއިން 20 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ. އަދި ޓީޝާޓު ވިއްކައިގެން ލިބޭ ރުފިޔާގެ 26 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ. ޓީއެފްޖީ އިން ބުނީ މިއަދު 4:00 އިން ފެށިގެން ދުވުމުގައި ބަިއވެރިވާން ބޭނުން ފަރާތްތަކަށް ރެޖިސްޓްރީވާން ފުރުޞަތު އޮންނާނެ ކަމަށެވެ.

އަދި ދުވުން ކުރިއަށް ދާއިރު ކެއާސޮސައިޓީ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމަށް ފުރުޞަތު އޮންނާނެ ކަމަށާއި، ދުވުމުގެ ޓީޝާޓުވެސް އެ ސަރަހައްދުން ވިއްކާނެ ކަމަށެވެ.

ރަނިން ނަން' ނަން އެ ނަން ރަން އަށް ދެވުނީ އަންހެނުންނަށް ނިސްބަތްކޮށް ރަނިން ބޭނުންކޮށްގެން ކަމަށް ޓީއެފްޖީ އިން ބުނެ އެވެ. އަދި އެ ރަންގެ ހުރިހާ ކަމެއްގައި އުޅޭނީ އަންހެނުން ކަމަށް ޓީ އެފްޖީއިން ބުންޏެވެ. ރަނިން ރަން ގައި ދުވާނީ ހަތް ކިލޯމީޓަރަށެވެ. ރަނިން ރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް