ސަފާރީއަކުން ފީނަން ގޮސް އުޅުނު ފަތުުރުވެރިއަކު މަރުވެއްޖެ

ސަފާރީއަކުން ފީނަން ގޮސް އުޅުނު ފަތުުރުވެރިއަކު މަރުވެެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ ރަޝިއާގެ ފަތުރުވެރިއެއް ކަމަށެވެ. އަދި އޭނާ މަރުވެގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 6:00 ގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގިއިރު ފަތުުރުވެރިޔާ ފީނަން އުޅުނީ އދ. މުޝިމަސްމިގިލި ސަރަހައްދު ކައިރީގައެެވެ.

ފުލުހުން ބުނީ މަރުވި ފަތުުރުވެރިޔާގެ ހަށިގަނޑު މިހާރު އޮތީ އެ ސަފާރީގައި ބާއްވާފައި ކަމަށާއި އަދި ފުލުހުން އެ ސަފާރީއަށް ދިއުމަށް ދަތުރު ފަށައިފައިވާ ކަމަށެވެ.

މިހާރަަކަށް އައިސް ރާއްޖޭގައި މުދަށް އެރި އުޅުމުގެ ތެރޭގައި މަރުވާ ފަތުރުވެރިންގެ އަދަދު އަންނަނީ ގިނަ ވަމުންނެވެ. އެގޮތުން މިއަދު ތުލުސްދޫގައި ފަތުރުވެރިޔަކު ގެނބިގެން ފަރުވާދެމުންދާ އިރު، އިއްޔެ ޕެރަޑައިޒް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ވަނީ މަރުވެފައެވެ.

އަދި އޭގެ އިތުރުން ހުޅުމާލޭގައި ހުޅުމާލޭ ރޯ ހައުސެއްގެ ޓެރަސް މަތީގައި މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދ ހަމަ މިއަދު ހުޅުމާލޭގައި ބިދޭސީއަކު ކުއްލިއަކަށް މަރުވެފައި އޮއްވައިފައިވައިވެސް ވަނީ ފެނިފައެވެ.

comment ކޮމެންޓް