ހުޅުމާލޭ ރޯ ހައުސްއެއްގެ ޓެރަސްމަތީ މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ: ހުޅުމާލޭގެ ރޯ ހައުސެއްގެ ޓަރެސް އިން މީހަކު ވެއްޓި މިއަދު ވަނީ މަރުވެފައި ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ ރޯ ހައުސެއްގެ ޓެރަސް މަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ރޯ ހައުސެއްގެ ޓެރެސް މަތީ ވެއްޓިފައި އޮތް މީހަކު މިއަދު މެންދުރު 13:10ގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން އޮފިޝަލް އާޝިޔާ ޞާލިހު ވިދާޅުވީ، ޓެރަސްމަތީގައި މަރުވެފައި އޮއްވާ ފެނުނީ، 80 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ދޮށީ އުމުރުގެ މީހަކު މިއަދު މަރުވެފައި އޮތްވާ ފެނުނުއިރު މިދިޔަ ހަފްތާގައި ހުޅުމާލޭގައި ވަނީ 27 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވެފަ އެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކުރި ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. މިދިޔަ ހަފްތާގައި މާލޭގައި ވެސް ވަނީ 28 އަހަރުގެ ފިރިހެނަކު ކުއްލި ގޮތަކަށް މަރުވެފަ އެވެ.

comment ކޮމެންޓް