އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ރާއިދު އައްޔަން ކޮށްފި

އެމްއައިޓީޑީސީ ގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި މުހައްމަދު ރާއިދު --

މޯލްޑިވިސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮމްޕަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ރާއިދު އައްޔަން ކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަގާމުގައި ހުންނެވީ މުހައްމަދު ޝާހިދު އެވެ.

ޕްރައިވަޓައިޒޭޝަން ކޯޕަރޭޝަނުން މިއަދު ބުނީ، އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރަކަށް މުހަމަދު ރާއިދު، ހ. ސްވޯޑް އައްޔަން ކޮށްފައިވާ ކަމަށެވެ.

އެމްއައިޓީޑީސީ އަކީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް އުފެއްދި ކުންފުންޏެކެވެ.

comment ކޮމެންޓް