މެންބަރު މުސްތަފާ އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުމްގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެމްޑިޕީ އަށް ސޮއިކުރައްވައިފިއެވެ.

މުސްތޮފާ އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މިރޭ އެވެ.

މުސްތޮފާ 2014 ވަނަ އަހަރު މަޖިލީހަށް ހޮވިވަޑައިގަތީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

އޭގެ ފަހުން މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން ޕީޕީއެމް އަށް ސޮއިކުރެއްވިއެވެ.

މުސްތަފާ ޕީޕީއެމް އިން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާދެކޮޅަށް މަޖިލިސް ތެރެއިން މަސައްކަތް ކުރައްވަމުން ދަނިކޮށެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މުސްތަފާ ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރު ނިމުނުއިރު އެމްޑީޕީގެ މެންބަރަކަށްވުރެ ގިނަ މަސައްކަތް އެޕާޓީ އަށް މުސްތޮފާ ކޮށްދެއްވާފައިވާނެ ކަމަށެވެ.

އިންތިހާބަށްފަހު އޭރު އެމްޑީޕީ ދޫކޮށްލެއްވީ ރައްޔިތުންގެ ބަހާއެކު ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މުސްތޮފާ އެމްޑީޕީ އާ އަލުން ގުޅިވަޑައިގަންނަވަނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ މިހާރު މިއޮތް ސަރުކާރު އައީ ކޯލިޝަންއެއްގެ ތެރެއިން ކަމަށާއި އަންނަ އަހަރު ބާއްވާ އިންތިހާބުގައިވެސް ކޯލިޝަނުން ވާދަކުރާނެ ނިސްބަތާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"އެހެންނަމަވެސް އެކަމަކީ ވަކިގޮތެއް ކަނޑައެޅިގެން ނިމިފައިއޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާނެ ދާއިރާތައް މިމަހުގެ 30 ގައި އިއުލާނު ކުރާނެކަމަށް އެޕާޓީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް