މެމްބަރު މުސްތަފާ، ޝާހު، ޝަހުދީ އަދި މުހައްމާގެ ގޮނޑިވެސް ނުގެލޭ ކަމަށް ނިންމައިފި

ފެބްރުއަރީ 1 ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއެއްގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއަދު ކުރިން ބޭއްވި އަޑުއެހުންތަކުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން 11 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ވަނީ ހުކުމް ކޮށްފައެވެ.

11 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެއިން އެއްވެސް މެމްބަރަކަށް ގޮނޑި ގެއްލޭ ފަދަ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ މުސްތަފާ އަދި ޝާހު އަދި މުހައްމާގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއެވެ.

މީގެ ތެރެއިން އެންމެ ފަހުން ނިންމީ ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލައެވެ. ޝަހުދީގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް