އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި އުމަރު ހަމަކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަންފައިލް ފޮޓޯ

މިނިވަން ކެންޑިޑޭޓެއްގެ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާނުކުރައްވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހޯއްދަވައިފި އެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ 1500 މީހުންގެ ސޮއި ބޭނުންވާނެ އެވެ.

މިއަދު އުމަރުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބުގައި ވާދަކުރަން 2200 އަށް ވުރެ ގިނަ ބޭފުޅުން ސޮއި ދެއްވާފައިވާ ކަމަށެވެ.

"މިހަފުތާގައި އަޅުގަނޑު ގޮތެއް ނިންމާނަން." އުމަރު ވިދާޅުވި އެވެ.

މިހާތަނަށް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެކަންޏެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މުއްދަތު ހަމަވުމުގެ ކުރިން ފޯމު ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

comment ކޮމެންޓް