ބީއެމްއެލް ވާއު ކިޑްޒް ރަން ބާއްވައި، ކެއާ ސޮސައިޓީއަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި!

ބީއެމްއެލް ވާއު ކިޑްޒް ރަން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއާއި ޓީއެފްޖީ ގުޅިގެން ބާއްވާ "ވާއު ކިޑްސް ރަން" މިއަދު ހެނދުނު ބާއްވައި، ކެއާ ސޮސައިޓީއަށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ވާއު ކިޑްޒް ރަންއަކީ ބީއެމްއެލްއާއި ޓީއެފްޖީ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުވުމެކެވެ. މިއަހަރުގެ ދުވުމުގައި 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިންވެސް ހިމެނޭ ގޮތަށް ޖުމްލަ 1،800 ފަރާތަކުން ދުވުމުގައި ބައިވެރިވިއެވެ.

ބީއެމްއެލް ވާއު ކިޑްޒް ރަން -- ފޮޓޯ/ ބީއެމްއެލް

ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ ދުވުމުގައި، ތިން އަހަރާ ފަސް އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ ދުވުން ފެށީ ބީއެމްްއެލް މަޖީދީމަގު ބްރާންޗު ކުރިމަތިންނެވެ. ފަސް އަހަރާއި ހަތް އަހަރާ ދެމެދު، އަދި ހަތް އަހަރާއި ނުވަ އަހަރާ ދމެެދުގެ ކުދިންގެ ދުވުން ފެށީ އާޓިފިޝަލް ބީޗު ކައިރިން، މަޖީދީމަގުންނެވެ.

ބީއެމްއެލްއިން ބުނީ މި ދުވުމުގައި ބައިވެރިވި ކުދިންނަށް މެޑަލް ހަވާލުކުރީ، ކޮންމެ ކުއްޖަކުވެސް ސޯޝަލް ސެންޓަރާ ހަމައިން ދުވުން ނިންމި ވަގުތުއެވެ.

ބީއެމްއެލް ވާއު ކިޑްޒް ރަން -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން ތައާރަފުކުރި ފަންޑް ރެއިޒިންގް ޕްލެޓްފޯމު މެދުވެރިކޮށް ދުވުމުގެ ބައިވެރިވި ކުދިން ވަނީ 130،800 ރުފިޔާ ހޯދާފައެވެ. އެ ފައިސާގެ އިތުރުން ދުވުމުގައި ބައިވެރިވުމަށް ޓީއެފްޖީގައި ރަޖިސްޓްރީކުރި ކުދިންގެ ރެޖިސްޓްރޭޝަން ފީގެ 15 ޕަސަންޓުގެ ގޮތުގައި ލިބުނު 30،150 ރުފިޔާވެސް ޓީއެފްޖީއިން ކެއާ ސޮސައިޓީއަށް ހަދިޔާކޮށްފައެވެ.

ވާއު ކިޑްސް ރަން މެދުވެރިކޮށް ރެއިޒްކުރި ފައިސާ ކެއާ ސޮސައިޓީއާ ހަވާލުކޮށްދިނީ ދުވުމުގައި ބައިވެރިވި ކުދިންނާ އެކު، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

comment ކޮމެންޓް