ކިޔުންތެރިން ލިޔުއްވުމަށް

އަފުސަލް ގެ ލިޔުންތައް

އަޅުގަނޑަކީ ފަށައިގަންނަ ފަރާތަކަށްވުމާއެކު ކިޔުންތެރިންގެ އެއްބާރުލުން ވ ބޮޑަށް ބޭނުމެވެ. https://www.facebook.com/pages/Afsal-de-Author/148903065275112?ref=tn_tnmn މިއީ އަޅުގަނޑުގެ އެފްބީ ޕޭޖެވެ. މިޕޭޖުހިންގާނީ އަޅުގަނޑުގެ އާއިލާއިންނެވެ.ނަމަވެސްދޭން ބޭނުންވާ ކޮންމެ .މެސެޖެއް އަޅުގަނޑަށް ލިބޭނެއެވެ.ތިޔަ ބޭފުޅުންގެ ފާޑު ކިޔުމަކީ އަޅުގަނޑުގެ ކުރިއެރުމެވެ.

ހަޤީޤީ ރިޕޯޓު:އެ ބިރުވެރި ހަނދާންތައް 1

  6 ކޮމެންޓު
  04 އޭޕްރިލް 2013
  0

”އަހަރެންނަށް އެ ހަނދާން ތަކާއި ދުވަހަކުވެސް ދުރަށް ދެވޭނެ ހެނެއް ހިޔެއް ނުވޭ. މިހާރުވެސް ތަވީދު ނަގާއިރަށް އަހަރެންނަށް އެނގޭ އަހަރެން ދޫކޮއްފައި އޭތި ނުދާކަން. އަސްލު ވަރަށް ބިރުވެރި ހަނދާން ތަކެއް އެއީ”

މީޝަލް (އަސްލު ނަމެއް ނޫން) އަހަރެންނަށް އެވާހަކަ ކިޔައިދެމުން ދިޔައިރު އޭނާގޭޭ ދެލޮލުން އެންމެ ސިކުންތަކުވެސް ކަރުނަތައް ހުއްޓިފައިވާތަނެއް އަހަރެން ނުދެކެމެވެ.

އޭނާގެ ދެލޯ ރަތްވެފައިވާއިރު މޫނުމަތިން ފެންނަމުންދިޔައި އިންތިޙާ ދަރަޖައިގެ ބިރުވެރިކަމާއި ހިތާމައެވެ. ނަމަވެސް އޭނާ ހިއްވަރު ކޮއްފައި އެވާހަކަތައް އަހަރެންނަށް ކިޔައިދެމުންދިޔައީ އޭނާއަށް ވީ ކަހަލަ ގޮތެއް އެހެން ފަރާތަކަށް ދިމާވާން ބޭނުން ނުވާތީއެވެ.

”އަހަރެންނަށް ފެނުނު އިރު އޭތި އޮތީ އަހަރެންގެ... އަހަރެންގެ ހެދުން މެޔާއި ހަމައަށް ނަގާފަަަަަަަ މޫނަށް ބަލަޙައްޓައިގެން... އަހަންނަށް އަޑު ނެތްތަނަށް ޙަޅޭއްލަވައި ގަނެވުނު.”

މީޝަލް އެހެން ބުނި އިރުވެސް އޭނާ ރޫރު އަޅަމުން ދިޔައެވެެ. އަަހަރެންނަށްވެސް ހުރެވުނީ އެފަކީރުގެ ހާލުވިސްނި އަނގައިން ބަސް ބުނަން ވެސް ނޭނގޭހާވެސް ދެރަވެފައެވެ.

ނިދިން ހޭލެވޭ ވަގުތު ކޮންމެ މީހެއްގެ ކުރިމަތީ ޖިންނިއެއް ހުރިނަމަވެސް ވާނީ މިކަހަލަ ގޮތެކެވެ.
”އަހަރެން ނިދާ ހެދުން ލައިގެން ދޮރޯށި ކައިރީ ހުއްޓާ ފެނުނީ ކަޅު ބޮޑު މީހަކު ހިނގާފައި ދަނިކޮށް. އަހަރެން އެކަމާއި މާ ބޮޑު އަޅައެއް ނުލަން.. ދެން ކުއްލިއަކަށް އޭނަގެ ފަޔަށް ބަލައިލެވުނު އިރު އޭނަގެ ފަޔެއްނެތް.. އިނީ ކެހެރި ގަނޑެއް ކަހަލަ ފަޔެއް.. ދެން އަހަރެން ހިތަށް އެރި ގޮތޭ ހިތަށް އަރާފަ އަތްތިލައަށް ބަލައިލީ. އަތްތިލައަށް ބަލައިލައިފައި އަހަރެން އެތަން ބަލައިލިއިރު ދެ ސިކުންތުވެސް ނުވާނެ.. ދެން ބަލައިލި އިރު އެ މީހާއެއް ނެތް"

އަހަރެންނަށްވެސް އެއްލިގެން ދެވުނީ ބޭ އިޙުތިޔާރަކާއި ނުލާއެވެ. ވާނީވެސް އެހެންތާއެވެ. އަދި މިހާތަނަށް މިހާ ރީއްޗަށް ޖިންނި ވާހަކައެއް އަޑެއް ނާހަމެވެ.

މީޝަލް ނުކިޔާދެވިގެން އަނެއްކާވެސް ހުއްޓާލައިގެން އިނދެ ފެންކޮޅެއް ބޯލިއެވެ. ނަމަވެސް އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދެވުނީ ގަޑީރެއް ހާއިރު ފަހުންނެވެ. އެއީ ގޭ މީހުންނާއި ވަގަށް އޭނާ އަހަރެންނަށް އެވާހަކަތައް ކިިޔާދޭން ޖެހުމުންނާއި އޭނާ މިވާހަކަތަށް އެއްވެސް މީހަކަށް އަދި ދުވަހަކުވެސް މިހާއި ރީއްޗަށް ކިޔައިދީފާ ނުވާތީއެވެ.

އަނެއްކާ ވެސް އެ ޙިތި ހާދިސާ އަހަރެންނަށް ކިޔާދެމުން ދާ ވަރަކަށް އަހަރެންގެ ލެޕުގައި ނޯޓު ކުރަމުން ދިޔައީމެވެ. އެވާހަކަތައް އޭނާ ކިޔާވަރަކަށް ލިޔުމަކީ އަހަންނަށް އުނދަގޫ ކަމެއް ނޫނެވެ. ސަބަބަކީ ދުވާލަކު އެތައްސަތޭކަ ބަހެއް އަހަރެން ލިޔަމެވެ.

ޙުދު މީޝަލް ވެސް އަހަރެންނަށް ތަޢުރީފު ކުރީ އޭނާގެ ހިތުގައި އަހަރެންނަށް އޮތް އިތުބާރަކާއި ޔަގީންކަމެއްގެ ބޮޑު ކަމުންނެވެ.

”އަސްލު އަފުސަލް ވަރަށް މޮޅު އަދި ވަރަށް ޓެލެންޓު އެނބަ ހުރި.. އަދި ލިޔަން ފެށިތާ ތިވީ އެއް މަސް ބައި އެކަމުވެސް ތިދާއިރާގަ ވަނަތައް ލިބެ މީހުން ވިޔަފާރިއަށް ގަންނަން އެދުމާއި މިކަހަލަ ކަންތައް ވާތީ އަހަރެން މިވާހަކަ މިކިޔާދެނީ.. އަދި އަފުސަލްގެ ބުލީ ވާހަކަހާއި ސަޅި ވާހަކައެއް ނުކިޔޭ.. އެހެންވެ އަހަރެންވެސް ބޭނުންވަނީ އެފެންވަރުގެ ލިޔުންތެރިއެއްގެ ގަލަމުން އަހަރެންގެ ”ލައިފު ސުޓޯރީ” ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭން.. މި ތަންކޮޅުވެސް ވާހަކައިގަ ހިމަނާލާތި!!!”

އަހަރެން ވެސް ޝުކުރު އަދާކުރަމުން ބަނޑުހައި ކަންމަތީ މިވާހަކަ އަޑުއަހާ ހިތުން އިތުރު ވާހަކައެއް ނުދައްކާ ދެން ވީ ގޮތް އަވަސް އަވަހަށް އަހާލީމެވެ.

”ދެން އަހަރެން ދުވެފައި ގޮއްސަ މަގުކޮޅު ބަލައިލީ މީހަކު ހުރިތޯ.. ނެތް އެކަކުވެސް. ދެން ގަތީކީ އަމަށަކު ބިރެއް ނޫން. މޭގަނޑު އަތްމައްޗަށް އަންނާނެނަމަ އެ ދުވަހު އަތް މައްޗަށްވެސް އައީސް”
ދެން ދުވެފަ ގޮސް ގޭތެރެއަށް ވަންއިރު އިނީ އަހަރެންގެ ކޮއްކޮ (އައްދު) އާއި އަހަރެންގެ ކަޒިންއެއް ނަމަކީ ނިޒާރު”

”އަހަރެން އެވާހަކަ ކިޔާދީ ނިމުނުތަނާހެން އެތަނުން ނިކުތީ ކަޅު ބޮޑު ބުޅަލެއް.”

މީޝަލްއަށް އަނެއްކާވެސް ރޯން ފެށުނެވެ. އަހަރެން އަހަރެން ލެޕުގައި އޭނާއަށް ކޮއްފައިވާ އަސަރަށް ދަންދެން ލިޔެލީ ޝައުގުވެރިކާއެކު އެހެނަސް ފެންކަޅިވެ އިނދެއެވެ.

”އެހާ ބޮޑު ބުޅަލެއް އަދި ދުވަހުވެސް ނުދެކެން، އެއީ ކަޅު ބޮޑު ދެލޯ ރަތް ބުޅަލެއް. އެ ބިރުވެރި މަންޒަރު ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ.”

މިހިސާބުން މި ރިޕޯޓު އެހަށް ކުރުކޮއްލާނަމެވެ.

(ނުނިމޭ)

އަދި މި ޙާދިސާގެ އެއްބައިވެސް ގެނެސްދެވިފައި ނުވާ ވާހަކަ ދަންނަވަމެވެ.
ނޯޓު: މިއީ ހަޤީޤީ ހާދިސާއެކެވެ. ވީމާ ހިތްބަލި ބިރު ބޮޑެތި ފަރާތްތަކުން މި ލިޔުން ނުކިޔުމަށް އިލްތިމާސް ކުރެމެވެ.
މި ރިޕޯޓުގެ އަނެއްބައި ފެނިގެންދާނީ މި ހާދިސާ ވާހަކައެއްގެ ސިފައިގައި ގެނެދިނުމަށް ފަހުއެވެ.

ކިޔުންތެރިންގެ ޙިޔާލު

ޖައުފަރު

ކ.ގުރައިދޫ
  2 އަހަރު 5 މަސް ކުރިން
ވަރަށް ތާކުންތާކު ނުޖެހޭ .. ކިޔަމުން ދާއިރު އެއްބަޔަކާއި އަނެއްބައެއްގެ ގުޅުމެއް ނެތް

ސސސސ

ށ.
  2 އަހަރު 5 މަސް ކުރިން
ހާދަކުރޭ! އިބާރާތް ތަކުގައި ކިޔަން އުނދަގޫ ގޮތް ތަކެއް ހުރިކަން ފާހަގަ ކުރެވޭ!

ކޮލާ

  2 އަހަރު 5 މަސް ކުރިން
ވާނުވާ ނޭނގޭ......

ޙާނިމް

  2 އަހަރު 5 މަސް ކުރިން
އަފުސަލް ވ ވ ވ ވ ވ ވ ވ ވ ވ ވ ސަޅި އިނގޭ........މީހުން އެހެން އެ ކިޔަނީ ޖޭ ވެގެން....އަޅާނުލާ އިނގޭ........

އިވާން

  2 އަހަރު 5 މަސް ކުރިން
ވާއޮ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ސަޅި އިނގޭ....

  2 އަހަރު 5 މަސް ކުރިން
ވ ވ ވ ރީތި އަނެއްބައި ކޮންއިރަކުންތަ އަންނަނީ؟؟؟؟؟؟؟؟؟؟؟؟؟

ޚިޔާލު ފާޅުކުރައްވާ!