LIVE BLOG
DONATE ONLINE
0.00
Total Fund:
MVR
މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާތީ ވެބްސައިޓަށް ވަދެވަޑައިގަތުމުގައި ކުރިމަތިވެދާނެ ދަތިތަކަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން

ސަން

"ސަން" މިލަފުޒު ނަގާފައި ވަނީ ދިވެހި ބަހުގައި ބޭނުންކުރާ "އިރު"ގެ މާނައިގަ އެވެ. އާ ދުވަކަށް އިރު އެރުމުން ދުނިޔެ އަލިކޮށް ސާފުކޮށްދޭ، އިރު އޮއްސުމުން ދުނިޔެ އަނދިރިކޮށްދޭ ތަރި އަށް އަހަރެމެންގެ އޮންލައިން ނޫހުގެ ނަން ނިސްބަތް ކުރަމު އެވެ. އަހަރެމެން އެންމެން ދިރިއުޅޭ ދުނިޔެއަށް އަލި ކަމާއި ހޫނުކަން ގެނެސްދޭ ދޯފިފަށްތައް ފޮނުވައިދޭ އަދި އަހަރެމެން، ދުނިޔޭގެ ރަށްވެހިން ބޭނުންވާ ވަގުތާއި ތަންވަޅު ސާފުކޮށްދެނީ އަހަރުމެން ނޫހުގެ ނަން ނިސްބަތްވާ ތަރިންނެވެ. ހަފުތާގެ ހަތް ދުވަހުގެ ހަބަރުތައް ހޫނު ކަމާއެކު ގެނެސްދޭން އަހަރެމެން އެއްބަސްވަމެވެ. އަހަރެމެންނަކީ ސަން އެވެ.
ސަންގެ ބެލެނިވެރިކަން
ސަން އޮންލައިނަކީ ގާނޫނީ ހަމަތަކުގެ މަތިން ދިވެހި ސަރުކާރުގައި ރަޖިސްޓަރީ ކޮށް ދުނިޔޭގެ މައުލޫމާތުގެ ރަސް މަގު، އިންޓަނެޓުގައި ގާއިމްކޮށްފައިވާ އޮންލައިން ނޫހެވެ. ސަންގެ ބޭނުމާއި ނިޔަތަކީ ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ހަމަތަކާއެކު ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭނުން ފުރިހަމައަށް ހިފުމެވެ. ސަން ދައުރުވަމުން ދަނީ "ސަން މީޑިޔާ ގްރޫޕް" ގެ ބެލެނިވެރިކަމުގެ އުނގުގެ ތެރެއިންނެވެ.