މޫދު ކުޅިވަރަށް ހާއްސަ "ދިރާގު ޔޫތު ފެސްޓް 2017 ވޯޓާ ސްޕޯޓްސް އެޑިޝަން" އަންނަ ހޮނިހިރު ދުވަހު

މިނިވަން 50 އާ ގުޅިގެން ކުރިއަށް ގެންދިޔަ މޫދު ކުޅިވަރު ހަރަކާތުގެ ތެރެއިން --- ފޮޓޯ އެމްބީސީ

މޫދު ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް ޚާއްސަކޮށްގެން "ދިރާގު ޔޫތު ފެސްޓް 2017 ވޯޓާ ސްޕޯޓްސް އެޑިޝަން" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މި ފެސްޓިވަލްގެ މަގްސަދަކީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވެފައި، މޫދު ކުޅިވަރު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ޒުވާނުންނަށް ތަނަވަސް ކޮށްދިނުމެވެ.

ދިރާގުން ބުނީ އެ ފެސްޓިވަލްގައި ބައިވެރިންނަށް މުޅިން ހިލޭ މޫދު ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ފެސްޓިވަލްގައި ލައިވް މިއުޒިކާއި، ބާބެކިއު އަދި ތަފާތު ބީޗް ކުޅިވަރުތައް އޮންނާ ކަމަށް ދިރާގުން ބުންޏެވެ.

މި ފެސްޓިވަލް އޮންނާނީ ހޮނިހިރު ދުވަހު ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގައެވެ. އެ ދުވަހު ހެނދުނު 10 އަކުން ފެށިގެން އިރުއޮއްސި ހައެއް ޖެހުމާއަށް އެ ފެސްޓިވަލް ކުރިއަށް ދާނެ އެވެ.
comment ކޮމެންޓް