މުޖޫ ނައީމް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި

މުޖޫ ނައީމް: އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ވަނީ އަންގާފައި

ދީން ގަބޫލުނުކުރާ ކަމަށް އަމިއްލައަށް އިއުލާންކޮށްފައިވާ މ. ވެލިދޫގެ މުސައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 37 އަހަރުގެ މުޖޫ ނައީމް ރާއްޖެއިން ބޭރުގައި އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ މުއްދަތުގެ ތެރޭގައި ހާޒިރުނުވެއްޖެ ނަމަ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި މިހާތަނަށް ހޯދާފައިވާ ހެކި ގަރީނާތަކުގެ މައްޗަށް ބިނާކޮށް އޭނާގެ ޣައިރު ހާޒިރުގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މުޖޫ ނައީމަކީ ސޯޝަލް މީޑިއާގައި ދީނާދެކޮޅު ލިޔުންތައް ލިޔަމުން އަންނަ މީހެކެވެ.

comment ކޮމެންޓް