ހދ. އަތޮޅުގެ ބައި އިލެކްޝަން އެމްޑީޕީ ކާމިޔާބުކޮށްފި

ހދ. އަތޮޅު ކައުންސިލުން ހުސްވެފައިވާ ގޮނޑި އެމްޑީޕީގެ ފަރާތުން އެ ދާއިރާ އަށް ކުރިމަތިލެއްވި މެންބަރު ކާމިޔާބުކުރައްވައިފި އެވެ.

މީގެ ކުރިން އެމްޑީޕީގެ ފަރާތުން ހދ. އަތޮޅު ކައުންސިލަށް ހޮވިވަޑައިގަން މެންބަރު އިސްތިއުފާދެއްވުމާ ގުޅިގެން މިއަދު ބޭއްވި ބައި އިލެކްޝަންގެ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ކުރިމަތިލެއްވި ނަސްރުﷲ އިސްމާއީލަށް ލިބިވަޑައިގައިގަތީ 509 ވޯޓެވެ. ޑީއާރުޕީ ކެނޑިޑޭޓް އާދަމް މަސްއޫދު މޫސާ އަށް ލިބިވަޑައިގަތީ 279 ވޯޓެވެ.

އެ ދާއިރާ އިން ވޯޓުލުމުގެ ހައްގު ލިބިގެންވާ 2000 އަށް ވުރެ ގިނަ މީހުންް ތިބި އިރު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ނަތީޖާ ދައްކާ ގޮތުން މިއަދު ވޯޓުލީ 806 މީހުންނެވެ. އޭގެ ތެރެއިން 18 ވޯޓަކީ ބާތިލް ވޯޓެވެ.

ހދ. އަތޮޅު ކައުންސިލްގެ ގޮނޑިއެއް ހުސްވީ އަތޮޅު ކައުންސިލްގައި ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލް ކުރެއްވި އަލީ ނިފާޒު މުހަންމަދު ސިއްހީ ހާލަތު ގޮތުން ކަމަށް ވިދާޅުވެ އިސްތިއުފާދެއްވުމުންނެވެ. އޭނާ އަކީ ވެސް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި މެންބަރެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު