ގްރީސްގެ ދަރަންޏާ ބެހޭ މައުލޫމާތުތަކެއް ލީކުވުމުން އައިއެފްއެމް ދެކެ ގްރީސް ރުޅިގަދަވެއްޖެ

ފޮޓޯ: އީޕީއޭ

ގްރީސްގެ ދަރަނިތަކާ ބެހޭ ގޮތުން އައިއެމްއެފްގެ އިސް އޮފިޝަލުންތަކެއް ދައްކާފައިވާ ވާހަކަތަކެއްގެ ޓްރާންސްކްރިޕްޓް ލީކުވެ، އޭގައި ހުރި ވާހަކަތަކާ މެދު ހިތްހަމަ ނުޖެހިގެން ގްރީސް އިން އައިއެމްއެފަށް ސުވާލުތަކެއް ކުރިމަތިކޮށްފި އެވެ.

ވިކިލީކްސް އިން ލީކު ކޮށްލި މި ޓްރާންސްކްރިޕްޓުގައި އައިއެމްއެފްގެ ޔޫރަޕު ޑީޕާޓްމެންޓުގެ ވެރިޔާ ޕޯލް ތޮމްސަންއާއި އައިއެމްއެފް ގްރީސް ޓީމުގެ ލީޑަރު ޑީލިއާ ވެލްކުލެސްކޫ ވަނީ، ގްރީސްގެ ދަރަނިތައް އަދާ ނުކޮށް ވާތީ އެގައުމަށް ޕްރެޝަރު ބޮޑުކުރާނެ ގޮތްތަކެއް މަޝްވަރާ ކޮށްފަ އެވެ.

މިގޮތުން، ގްރީސްގެ ފަރާތުން އިޖާބައެއް ހޯދުމަށް "ހާދިސާއެއް" ރޭވުމާ ބެހޭ ގޮތުން ވެސް އައިއެމްއެފްގެ މެމްބަރުން ވާހަކަ ދައްކާފައިވެ އެވެ.

ނަމަވެސް، އަންނަ ހަފްތާގައި ގްރީސް ސަރުކާރުން ވަނީ، އެގައުމަށް ލޯނު ދިން ގައުމުތަކާ އެކު މަޝްވަރާ ކުރުމަށް ހަމަޖެހިފަ އެވެ.

ގްރީސް ބަނގުރޫޓުވިޔަ ނުދިނުމަށް ޓަކައި މިދިޔަ އަހަރު އެގައުމުން ވަނީ އީޔޫއާއި އައިއެމްއެފް އިން ބިލިޔަން ޑޮލަރުގެ ދަރަނި ނަގާފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ގްރީސް އިން އައިއެމްއެފްއަށް ސުވާލު ކުރިމަތިކޮށްފައިވާ އިރު، އައިއެމްއެފް އިން މިކަމަށް ޖަވާބުދާރީ ވެފައެއް ނުވެ އެވެ.

މަސްދަރު: ބީބީސީ

comment ކޮމެންޓް