މާފަންނު ގެއެއްގެ ތިޖުރީ ފަޅައިލި މައްސަލައިގައި ހޯދާ މީހާ ލޯބިވެރިޔާގެ ގޭގެ ފާހާނާ ތެރޭ ފިލާ ހުއްޓާ ހައްޔަރުކޮށްފި

މާފަންނު ގެއެއްގެ ތިޖޫރީ ފަޅައިލައި ގިނަ އަދަދެއްގެ ފައިސާ އާއި ގަހަނާ ވަގަށް ނެގި މައްސަލައިގައި ފުލުހުން ތުހުމަތަށް ހޯދަމުންދާ މާލޭ ދަފުތަރު އަހުމަދު މުއާޒު 29 މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަަލަކު ވިދާޅުވީ އެނާގެ އަތުލައިގަނެ ހައްޔަރުކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އަންހެނަކު ގޭ ތެރޭގައި ފޮރުވައިގެން ގެންގުޅެނިކޮށް ކަމަށެވެ. އޭނާއާއެކު ލޯބިވެރިޔާވެސް ހައްޔަރު ކުރި އެވެ.

"މިރޭ އަޅުގަނޑުމެން ވާނީ އޭނާ ހައްޔަރުކޮށްފައި. ފުލުހުން އެގެއަށް ދިޔައިރު އޭނާ ހުރީ އަންހެން މީހާގޭ ގޭގެ ފާހަނާއެއްގެ ތެރޭގައި ފިލައި. އޭނާގެ ލޯބިވެރިޔާ އުޅެނީ އެގޭ ގޭގައި އޭނާ ފޮރުވައިގެން. އޭނާ ފާހާނާ ތެރޭގައި ހުއްޓާ ފުލުހުން ދޮރު ހުޅުވަން އެދުމުން އެ ގޮތަކަށް ވެސް ނުހުޅުވުމުން އޭނާ ހައްޔަރު ކުރީ ފާހަނާގެ ދޮރު ފުނޑާލައިގެން ވަދެ،" ފުލުސް އޮފިޝަލު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު