ސިހުރު ހަދައިގެން މީހަކު މަރަން އުޅުނު ކަމުގެ ތުހުމަތަށް ފުޅަދޫ އިން ބަޔަކު ހައްޔަރުކޮށްފި

ބ. ފުޅަދޫ. ފޮޓޯ: ފުޅަދޫ އޮންލައިން( ފޭސްބުކް ޕޭޖް)

ސިހުރު ހަދައިގެން މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތަށް ބ. ފުޅަދޫ އިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުޅަދޫއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެރަށުން ހައްޔަރުކުރީ އުމުރުން 58 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އޭގެ ތެރެއިން 32 އަހަރުގެ މީހާ ހައްޔަރު ކުރީ ހެކި ނައްތައިލަން އުޅުނު ކަމުގެ ތުހުމަތަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އަނެއް ދެމީހުންނާ މެދު ކުރެވިފައި ވަނީ ކޮން ތުހުމަތެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އިތުބާރު ހުރި ގޮތަކަށް 'ސަންއަށް' އެނގިފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު ފުޅަދޫން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އުމުރުން 58 އަހަރުގެ މީހާއާއި 42 އަހަރުގެ މީހާއަކީ ސިހުރު ހަދައިގެން މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރު ކުރި ދެމީހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް