ވިއްކާ ބިމުގެ އަގު ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ބިމާ ބެހޭ ގާނޫނު އިސްލާހު ކުރަނީ

މާލެ: ވިއްކާ ބިމުގެ އަގު ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ބިމާ ބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅަން ތައްޔާރު ވަނީ: ސަން ފައިލް ފޮޓޯ

ވިއްކާ ބިމުގެ އަގު ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށްފަހު ބިލު މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ބިމާ ބެހޭ ގާނޫނު އެންމެ ފުރަތަމަ ވުޖޫދަށް އައިސްފައި ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި 2002 ވަނަ އަހަރު އެވެ. އޭރު ބިން ވިއްކުމުގެ ބާރާއި ވިއްކާ ބިމުގެ އަގު ކަނޑައެޅުމުގެ ބާރު އޮތީ ސަރުކާރަށެވެ. އެހެންނަމަވެސް އެ ބާރު ސަރުކާރު އަތުން ދިޔައީ 2008 ވަނަ އަހަރު ބިމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހަކާ ގުޅިގެން ނެވެ.

އެގޮތުން ބޭނުން އަގެއްގައި ބިން ވިއްކުމުގެ ފުރުސަތު މިހާރު އޮވެ އެވެ. ބިމާ ބެހޭ ގާނޫނަށް ދާދިފަހުން ވެސް ސަރުކާރުން ވަނީ އިތުރު އިސްލާހެއް ގެނެސްފަ އެވެ. އެގޮތުން 600 އަކަފޫޓަށް ވުރެ ކުދި ބިންތައް ރަޖިސްޓްރީ ކޮށްދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

comment ކޮމެންޓް