އަގުބޮޑުކޮށް ގަހަނާ ވިއްކުމުގެ ދުނިޔޭގެ ރެކޯޑު ހޮންކޮންގް ނީލަމުގައި މުގުރާލައިފި

ހޮންކޮންގް ނީލަމުގައި ހޮންކޮގް ޑޮލަރުގެ 52.28 މިލިއަނަށް ވިއްކާލި ނޫކުލައިގެ ޖަވާހިރު ޖެހި އަނގޮޓި -- ފޮޓޯ -- އީޕީއޭ

ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ގަހަނާ ވިއްކުމުގެ ރެކޯޑު ހޮންކޮންގް ނީލަމުގައި މުގުރާލައިފި އެވެ.

ހޮންކޮންގެ ނީލަމުގައި ގަހަނާގެ ރިކޯޑު މުގުރާލައި ވިއްކާފައި ވަނީ އަޅިކުލައިގެ ޕާލްސް ޖެހި ފަށަކާއި ކަޝްމީރުގެ ނޫކުލައިގެ ޖަވާހިރު ޖެހި އަނގޮޓިއެއް ކަމަށް ނީލަން އިންތިޒާމް ކުރި ފަރާތްތަކުން ބުނެ އެވެ.

އަޅިކުލައިގެ ޕާލްސް ޖެހި ފަށް ހޮންކޮށް ނީލަމުގައި ވިއްކާލާފައި ވަނީ 5.3 މިލިއަން ޑޮލަރަށެވެ. އަދި 27.68 ކެރެޓްގެ ނޫކުލައިގެ ޖަވާހިރު ޖެހި އަނގޮޓި ވިއްކާފައި ވަނީ ހޮންކޮގް ޑޮލަރުގެ 52.28 މިލިއަނަށެވެ.

މީގެ ކުރިން އެންމެ އަގުބޮޑުކޮށް ގަހަނާއެއް ވިއްކުމުގެ ރެކޯޑެއް ހަދާފައި ވަނީ 2012 ވަނަ އަހަރު އެވެ. އެއީވެސް އަޅިކުލައިގެ ޕާލްސް ޖެހި ފަށެކެވެ. އެފަށް ވިއްކާލާފައި ވަނީ 3.35 ޑޮލަރަށެވެ.

comment ކޮމެންޓް