ދިޔަވަމުން ދިޔަ ދޯންޏަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ދިޔަވަމުން ދިޔަ ދޯންޏަށް ފުލުހުން އެހީތެރިކަންފޯރުކޮށްދެނީ -- ފޮޓޯ/ ފުލުހުން

ބ. އޭދަފުށިން އެ އަތޮޅު ކުޑަރިކިއްޔަށް މުދާ ހިފައިގެން ދަތުރުކުރި ދޯޏެއް އެ އަތޮޅު ނެވިފަރު ފިނޮޅު ކައިރިއަށް ހުއްޓި، ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ހާދިސާގެ މަޢުލޫމާތު މިއަދު 12:15ގައި ފުލުހުންނަށް ލިބުމާ ގުޅިގެން އޭދަފުށީގައި ތިބޭ ފުލުހުން ދަނީ ދޯނި ސަލާމަތް ކުރުމަށް ދޯނީގެ ފަޅުވެރިންނާ އެކު މަސައްކަތް ކުރަމުން ކަމަށެވެ.

އެ ދޯންޏަކީ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުތަކެއް ހިފައިގެން ދަތުރުކުރި ދޯންނެއް ކަމަށް ފުލުހުން ބުންޏެވެ. ދޯނީގައި ތިބީ އަށް ބިދޭސީންނާއި ދެ ދިވެހިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް