މޯލްޑިވިއަން އައިޑަލްގެ ޖަޖުންގެ ގޮތުގައި އުނޫޝާ، ކުޑަ އިއްބެ، އަދި އައްމަޑޭ ހަމަޖައްސައިފި

ރޭ ޓީވީއެމްގައި ޖަޖުން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މޯލްޑިވިއަން އައިޑަލް

ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ ޖަޖުންގެ ގޮތުގައި މަރިޔަމް އުނޫޝާ އާއި އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އަދި އަހުމަދު އިބްރާހިމް (އައްމަޑޭ) ހަމަޖައްސައިފި އެވެ.

ރޭ ޓީވީއެމްގައި ޖަޖުން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތިން ޖަޖުން ހާމަކޮށްފައިވާ އިރު އެ ފަރާތްތައް ހަމަޖައްސާފައި ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބޭއްވި އޮޑިޝަނަކުންނެވެ.

މޯލްޑިވިއަން އައިޑަލް ޖަޖު ކުރުމަށް އެ ތިން މީހުން ހަމަ ޖައްސާފައި ވަނީ ޕްރެމެންޓަލް މީޑިއާ އިންނެވެ. އެކި ގައުމުތަކުގައި ބާއްވާ "އައިޑަލް" ފްރެންޗައިޒް އަކީ ބައިނަލްއަގުވާމީ ޝޯއެކެވެ. އެހެން ކަމުން އެ ޕްރޮގްރާމްތައް ދޫކުރުމުގެ ހުއްދަ އޮންނާނީ ފްރިމެންޓަލް މީޑިއާ އަތުގަ އެވެ.

ފްރެންޗައިޒް އެއްގެ ގޮތުގައި ކުރިއަށް ގެންދާ ސިލްސިލާ ޝޯގެ ޖަޖުން ހޮވުނު ކަމުގެ ރަސްމީ އެއްބަސްވުން ރޭގެ ރަސްމިއްޔާތުގައި ވަނީ އުނޫޝާ އާއި ކުޑަ އިއްބެ އަދި އައްމަޑޭއާ ހަވާލު ކޮށްފަ އެވެ. އެ އެއްބަސްވުން ހަވާލުކޮށްފައި ވަނީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނީ މޯލްޑިވިއަން އައިޑަލްގެ ފަހުރުވެރި އެއްވަނައަށް ހޮވޭ ފަރާތުގެ އިނާމު ވެސް ކަނޑައަޅައި އިއުލާންކޮށްފަ އެވެ. އެގޮތުން މޯލްޑިވިއަން އައިޑަލްގެ ބޮޑު އިނާމެއްގެ ގޮތުގައި ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު