ކުޑަކުދީންނާ ގުޅޭ ހަބަރާއި މައުލޫމާތު ހިއްސާކުރުމަށް ލ. އަތޮޅުގައި ސެޝަންތަކެއް ފަށައިފި

މީޑިއާ ކައުންސިލްއިން ގަމުގައި ކުރިއަށްގެންދާ ސެޝަންތަކުގެ ތެރެއިން--- ފޮޓޯ: އެމްއެމްސީ

ކުޑަކުދިންނާ ގުޅޭ ހަބަރާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ލ. ގަމާއި ފޮނަދޫގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފަށައިފި އެވެ.

އެމްއެމްސީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިއަދާއި މާދަމާ އެދެ ރަށުގައި ކުރިއަށްގެންދާ ސެޝަންތަކުގައި ކުޑަކުދިންނާ ގުޅޭ ހަބަރާއި މައުލޫމާތު ހާމަ ކުރުމުގެ އުސޫލުތަކާއި ކުޑަކުދިންގެ ހައްގުތަކާއި އެމްއެމްސީ ތައާރަފްކޮށްދިނުން ކުރިއަށް ގެންދާ ކަމަށެވެ.

"ދެ ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މިސެޝަންތަކުގައި މި ދެ ރަށުގައި ވެސް އެކި އުމުރުގެ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރެވޭނެ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެ ރަށުގައި ބާއްވާ ސެޝަންތަކުގައި ކިޔަވާ ކުދިންނަށާއި ބެލެނިވެރިންގެ އިތުރުން ސިވިލްސާވިންޓުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޔުނިސެފްގެ އެހީގައި އެމްއެމްސީން ކުރިއަށް ގެންދާ އެ ޕްރޮގުރާމުގެ ދަށުން މިއަހަރު ތެރޭގައި ވަނީ ކ. ހިންމަފުއްޓާއި ހދ. ކުޅުދުއްފުށީގައި ވެސް އެފަދަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް