އިންޖީނު މައްސަލަޖެހިގެން މޯލްޑިވިއަންގެ ބޯޓެއް އަނބުރާ ކާޑެއްދުއަށް ޖައްސައިފި

މޯލްޑިވިއަން ގެ ފްލައިޓެއް ރަންވޭގައި: މޯލްޑިވިއަންގެ 50 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެއްގެ އިންޖީނަށް މައްސަލަ ދިމާވެގެން މިރޭ ވަނީ ކާޑެއްދުއަށް އަނބުރާ ޖައްސާފައި --- ފައިލް ފޮޓޯ

ގދ. ކާޑެއްދޫން ފުރައިގެން މާލެއަށް ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގެ އިންޖީނަށް މައްސަލައެއް ދިމާވެގެން އިމަޖެންސީގައި އަނބުރާ ކާޑެއްދުއަށް ޖައްސައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ "ސަން"އަށް ވިދާޅުވީ، މޯލްޑިވިއަންގެ ޑޭޝް-300 މަރުކާގެ 50 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެއް މިރޭ ކާޑެއްދޫން ފުރައިގެން މާލެއަށް ދަތުރު ފެށިތާ 10 ވަރަކަށް މިނިޓް ތެރޭގައި ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެގެން އަނބުރާ ކާޑެއްދުއަށް ޖެއްސީ ކަމަށެވެ.

"އިންޖީނަށް ދިމާވީ ކޮން މައްސަލައެއް ކަން އަދި ނޭނގެ. އެކަމަކު އެކަން ބެލުމަށް މިހާރު އިންޖިނޭރުން ދަނީ މަސައްކަތްކުރަމުން،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މޯލްޑިވިއަންގެ އެއްވެސް ފްލައިޓަކުން ފަސިންޖަރުންގެ ކަންކަމުގައި "ރިސްކެއް ނުނަގާނެ" ކަަމަށެވެ.

"އަޅުގަނޑުމެން ފަސިންޖަރަކަށް ނުރައްކަލެއް ކުރިމަތިވެދާނޭ އެއްވެސް ކަމެއްގައި 'ރިސްކެއް ނުނަގާނަން'. އެހެންވެ ހަމަ ވަގުތުން ބޯޓު އަނބުރާލާފައި ގޮސް ކާޑެއްދުއަށް ފްލައިޓް ޖެއްސީ. ހުރިހާ ފަސިންޖަރުންގެ ހާލު ރަނގަޅު. މިހާރު އެ އެންމެ މާލެއަށް ގެނައުމަށްޓަކައި މޯލްޑިވިއަންގެ އިތުރު ފްލައިޓެއް ފޮނުވުމަށް ތައްޔާރުވަމުން ދަނީ،" ނަޝާތު ވިދާޅުވިއެވެ.

comment ކޮމެންޓް