މީޑިއާ ޑިވެލަޕްމަންޓް ފައުންޑޭޝަންގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފި

މީޑިއާ ޑިވެލަޕްމަންޓް ފައުންޑޭޝަންގެ ތިން މުއައްސިސުން -- ސަން ފައިލް ފޮޓޯ

މީޑިއާ ޑިވެލަޕްމަންޓް ފައުންޑޭޝަންގެ ނަމުގައި ނޫސްވެރިކަމާ ބެހޭ އާ ޖަމިއްޔާއެއް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފި އެވެ.

އިއްޔެ ރަޖިސްޓްރީ ކުރި ފައުންޑޭޝަންގެ މުއައްސިސުންނަކީ މ. ހަލަވެލި، އަހުމަދު ޒާހިރު (ހިރިގާ) އާއި ގ. އަލަފަރު، މިދުހަތު އާދަމާއި މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފުތަރު އަލީ ޝައްމާނެވެ.

އެ ފައުންޑޭޝަންގެ މަގްސަތުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި މީޑިއާ ތަރައްގީކޮށް، މީޑިއާގެ ދާއިރާ އިން މީހުން ތަރައްގީކޮށް، ދުޅަހެޔޮ މީޑީއާއެއް ރާއްޖޭގައި އަށަގަންނުވައި ކުރި އެރުވުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް މުއައްސިސުން ބުންޏެވެ. އަދި ނޫސްވެރިކަމުގެ ހައްގުތަކާއި ފަރުދީ ހައްގުތައް ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

ފައުންޑޭޝަންގެ މަސައްކަތްތަކުގެ ތެރޭގައި؛ މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ހަރުދަނާކުރުމަށް ޓަކައި، އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުމާ އެކު އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އަދި ފަންނީ ގޮތުން އެހީތެރިކަން ފޯރުވައިދިނުމަށް މަސައްކަތް ކުރުން ވެސް ހިމެނޭ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

އަދި ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ފްރީލާންސްގެ ގޮތުގައި ނޫސްވެރިކަން ކުރާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތައް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ތަނަވަސްކޮށްދީ އެހީތެރިކަން ފޯރުވައިދިނުމަށް މަސައްކަތް ކުރުމަކީ ވެސް ފައުންޑޭޝަންގެ މަގުސަދެއް ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ. އަދި ނޫސްވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރުމަށް ފުރުސަތު ހޯދައިދިނުން ހިމެނޭ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ. އަދި ނޫސްވެރިކަމުގެ ދާއިރާ އިން ތަމްރީނު ލިބިފައިވާ، ބޭރުގެ ޕްރޮފެސަރުންނާއި ލެކްޗަރުން، ރާއްޖެގެނުވައި އެކިއެކި ޚާއްސަ ލެކްޗާތައް ދިނުން ވެސް ހިމެނޭ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު