ލޯންޗުކޮޅު ހާދިސާއާ ގުޅިގެން އެކުލަވާލި ކޮމިޝަން ހިންގުން އުމަރާ ހަވާލުކުރައްވައިފި

ރައީސް ޔާމީންގެ އަރިހުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު: ލޯންޗުކޮޅު ހާދިސާއާ ގުޅިގެން އެކުލަވާލި ކޮމިޝަން ހިންގުން ވަނީ އުމަރުއާ ހަވާލުކުރައްވާފައި -- ސަން ފައިލް ފޮޓޯ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އެކުލަވާލި ނޭޝަނަލް އިންކުއަރީ ކޮމިޝަން ހިންގެވުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލުކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކޮމިޝަންގެ ހިންގުން މިނިސްޓަރު އުމަރާ ހަވާލުކުރެއްވިކަން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ.

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވައި ހިނގި ހާދިސާ ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އެކުލަވައިލެއްވި ކޮމިޝަނަށް ރައީސް ޔާމީން އައްޔަން ކުރައްވާފައި ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި، ކާނަލް އަބުދުއްރައޫފާއި ކެޕްޓަން އަލީ އިހުސާން އާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބުދުﷲ ނަވާޒާއި ޗީފް ސްޓޭޝަން އިނިސްޕެކްޓަ މުހައްމަދު ސާމިހު އެވެ.

ކާނަލް އަބުދުއްރައޫފަކީ އެމްއެންޑީއެފް އިންޓެލިޖެންސްގެ ވެރިޔާ އެވެ. އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޖަމްޝީދަކީ ޕޮލިސް އިންޓެލިޖެންސްގެ ވެރިޔާ އެވެ.

comment ކޮމެންޓް