ރިޒާވް 667.4 މިލިއަން ޑޮލަރަށް

 އެމްއެމްއޭ: ރަސްމީ ރިޒާވްގައި ހުރީ 667.4 މިލިއަން ޑޮލަރު-- ސަން ފައިލް ފޮޓޯ

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 667.4 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުއިން ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ ރާއްޖޭގެ ރަސްމީ ރިޒާވް 667.4 މިލިއަން ޑޮލަރަށް އަރާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާ އިރު 23 ޕަސެންޓް އިތުރު އަދަދެކެވެ.

ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 692.5 މިލިއަން ޑޮލަރެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 212.6 މިލިއަން ޑޮލަރު ހުރި އިރު އެއީ މަހުން މަހަށް ބަލާ އިރު ދަށްވި ނަމަވެސް އަހަރުން އަހަރަށް ބަލާއިރު 29 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއެމްއޭ އިން ބުނާ ގޮތުގައި މިދިޔަ ޖުލައި މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރި މިންވަރަކީ 4.2 މަހުގެ އިމްޕޯޓް އެވެ.

comment ކޮމެންޓް