ފުރާންސް އަށް އެނބުރި ދިއުމެއް ނެތް: ނަސްރީ

މެންޗަސްޓާ ސިޓީ ގެ މިޑްފީލްޑަރު ސާމިރު ނަސްރީ ---- ފޮޓޯ: އައިއެމްޖީ ކިޑް

މެންޗަސްޓާ ސިޓީ ގެ މިޑްފީލްޑަރު ސާމިރު ނަސްރީ ސިޓީގެ އެގްރީމަންޓް ހަމަވުމުން ދެން ބަދަލުވާނީ އެމެރިކާގެ މޭޖާ ލީގް ސޮކާ އަށް ކަމަށާއި އެނބުރި އަމިއްލަ ގައުމަށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.

ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ނެގި ސުކޮޑުން ނަސްރީ އަށް ޖާގަ ނުދިނުމުން އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށް އަދިވެސް އެ ނިންމުމަމާ މެދު ހިންހަމަ ޖެހޭކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހަށް ދިން އިންޓަވިއު އެއްގައި ނަސްރީ ބުނީ އިންޖަރީއެއް ނެތި ރަނގަޅަށް ކުޅެމުން އަންނަނި ކޮށް ވޯލްޑް ކަޕަށް ނެގި ސްކޮޑުން އެނާ ބައިކީ ކުރުމުން އެކަން އަދިވެސް ގަބޫލުކުރަންދަތި ކަމަށެވެ.

"އަހަރެންގެ ބައްޕަ ފްރާންސް ގެ ގައުމީޓީމްގެ ކޯޗެއްގެ ގޮތުގައި ހުއްޓަސް ދެނެއް އަހަރެން ގައުމީ ޓީމަކަށް ނުކުޅޭނަން. ގައުމީ ޓިމްގައި އަހަރެންނަށް ކުރެވުނީ ވަރަށް ހިތްދަތި ތަޖުރިބާއެއް،" ނަސްރީ ބުންޏެވެ.

ވޯލްޑް ކަޕެއްގައި ކުޅުމުގެ ހުވަފެން ދެކެމުންއައި ނަސްރީ ބުނީ 2012 ވަނަ އަހަރު ވެސް ގައުމީ ޓީމްގައި ޖެހުނު މައްސަލައަކާ ގުޅިގެން އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅުނު ކަމަށެވެ.

އެހެންނަމަވެސް ބައްޕަގެ އެދުމުގެމަތިން 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ހޯދުމަށް އެ ނިންމުން ބަދުލު ކޮށް ޓީމްގައި މަޑުކުރީ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 28 އަހަރުގެ ނަސްރީ 2019 ވަނަ އަހަރާ ޖެހެންދެން އިންގްލިޝް ޕްރިމިއާލީގުގެ މެންސިޓީގައި މަޑުކުރުމަށް ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް