މެއިޑުންގެ ގޮތުގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ އުމުރަށް ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިން ތަކެއް: މެއިޑުންގެ ގޮތުގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ އުމުރަށް އިމިގުރޭޝަނުން ވަނީ މިހާރު ބަދަލު ގެނެސްފައި -- ސަން ފައިލް ފޮޓޯ

މެއިޑުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ އުމުރަށް ބަދަލު ގެނެސްފި އެވެ.

އިމިގުރޭޝަނުން މިއަދު ނެރުނު މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގެވެށި މަސައްކަތްތެރިންގެ ގޮތުގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ އުމުރުން 23 އަހަރާއި 58 އަހަރާ ދެމެދުގެ ބިދޭސީންނަށް ކަމުގައި ހަމަޖައްސައިފައިވާ ކަމަށެވެ.

އިމިގުރޭޝަނުން ބުނީ އެގޮތަށް އުމުރު ބަދަލު ކުރުމަށް ހަމަޖެއްސީ ގެވެށި މަސައްކަތްތެރިންގެ ގޮތުގައި "ޑޮމެސްޓިކް ސާވަންޓް" އާއި "ޑޮމެސްޓިކް ޑްރައިވާ" އަދި "އެޓެންޑެންޓް" އެ މަގާމުތަކަށް ގެންނަ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް މިހާރު ކަނޑައަޅާފައިވާ އުމުރުފުރައިގެ ސަބަބުން، އެ މަގާމުތަކަށް ބިދޭސީ މުވައްޒަފުން ހޯއްދުމުގައި ޚިދުމަތް ހޯއްދާ ފަރާތްތަކަށް ދަތިތަކާ ދިމާވަމުންދާތީ ކަމަށެވެ.

ގެވެށި މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ މީގެ ކުރިން ރާއްޖޭގައި ދޫކުރަނީ 25 އަހަރާއި 45 އަހަރާއި ދެމެދުގެ ބިދޭސީންނަށެވެ.

comment ކޮމެންޓް