ފުވައްމުލަކުގައި ކުރިން ގިނަ މިހާރު މަދު "ނާރިނގު"

ނާރިގަކީ ހުތް ފޮނި މީރު މޭވާއެއް -- ސަންފޮޓޯ -- ފަޔާޒު މޫސާ

" ފަނިގިރައިގެން މިރަށުގައި ވަރަށް ގިނަ މީހުން ބޭނުން ކުރާ އެއްޗެއް ނާރިނގަކީ، އެއީ ހުތް ފޮނި މީރު ރަހައެއް ދޭ މޭވާ އެއް"

އާންމުކޮށްވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ހެދޭ ނާރިނގަކީ ވަރަށް މީރު ރަހައެއްދޭ މޭވާއެކެވެ. މީގެ އަހަރުތަކެއް ކުރިން ފުވައްމުލަކުގެ ގިނަ ގޭގޭގައި ނާރިނގު ގަސް ހުރި ނަމަވެސް މިހާރު އޭގެ ގަސް ހުރީ ވަރަށް މަދު ގެއެއްގަ އެވެ. މިރަށު ގިނަ މީހުން ނާރިނގު ބޭނުންކުރަނީ ފަނި ގިރުމަށެވެ.

ނާރިގަކީ ހުތް ފޮނި މީރު މޭވާއެއް -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ލުނބޮޔާ އެއްގޮތް ކަމެއް ހުންނަ އެހެން ނަމަވެސް ލުނބޮޔަށްވުރެ ސައިޒުން ބޮޑު ނާރިނގަކީ ތޮށިގަނޑު ބޯ މޭވާ އެެކެވެ. ލުނބޯ ގަހުގެ ފަތް ހުންނަހެން ފަތްތައް ހުރި ނަމަވެސް ލުނބޯގަހުގެ ފަތަށްވުރެ ސައިޒުން ބޮޑެވެ.

ފުވައްމުލަކުގައި ހެދިފައި ހުރި ނާރިނގު ގަހެއް -- ސަންފޮޓޯ -- ފަޔާޒު މޫސާ

ނާރިނގުގަސް މީގެ ކުރިންވެސް ހައްދާފައިވާ، ގަހުގެ ތަޖުރިބާކާރަކު 'ސަން' އާ ވާހަކަދައްކަމުން ބުނީ، ނާރިނގު ގަހެއް އާންމުކޮށް ދިގުވާނީ 12 ފޫޓާ 24 ފޫޓާ ދެމެދުގެ ދިގުމިނަކަށް ކަމަށެވެ. އަދި ގަހުގެ ފަތްތައް ދިގުވެފައި ފެހިކަން ގަދަވާނެ ކަމަށްވެސް އޭނާ ބުންޏެވެ. އެހެން ގަސްތަކާ ހިލާފަށް ނާރިނގަކީ އަބަދުވެސް އަޅާ މޭވާއެއް ކަމަށެވެ.

ފުވައްމުލަކުގައި ހެދިފައި ހުރި ނާރިނގު ގަހެއް -- ސަންފޮޓޯ -- ފަޔާޒު މޫސާ

ފުވައްމުލަކު މީހުނަށް ނާރިނގު މީރީ ހުހާ ކާން

ފުވައްމުލަކު ސައީދު ނާރިނގު ފަނި ގިރަނީ : ނާރިގަކީ ހުތް ފޮނި މީރު މޭވާއެއް -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ނާރިނގު އެންމެ މީރީ ހުހާ ކެއުމުން ކަމަށް ފުވައްމުލަކު ގިނަ ބަޔަކު އިއްތިފާގުވެ އެވެ. ނަމަވެސް ނާރިނގުގެ ފަންޏަކީވެސް ފުވައްމުލަކުގައި ވަރަށް މަގުބޫލު އަދި ގިނަބަޔަކަށް މީރު ފަންޏެކެވެ. ނާރިނގަކީ ލުނބޮޔާ އެއްގޮތް ރަހައެއްލާ "ހަމަ ލުނބޯ" ކަމަށް ބައެއްް މީހުން ބުނި ނަމަވެސް ނާރިނގާ މެދު ފުވައްމުލަކު މީހުންގެ ބަސް ތަފާތެވެ. " އޭގައި ލަނީ ހުތް ފޮނި މީރު ރަހައެއް" އާދައިގެ ލުނބޮޔަށް ވުރެ ހުރިހާ ގޮތަކުން ވެސް ނާރިނގު ތަފާތު" ކަމަށް ފުވައްކުމަކު މީހުން ބުނެ އެވެ.

ފުވައްމުލަކު ސައީދު ނާރިނގު ފަނި ގިރަނީ : ނާރިގަކީ ހުތް ފޮނި މީރު މޭވާއެއް -- ސަން ފޮޓޯ -- ފަޔާޒު މޫސާ

" ލުނބޯ އަދި ނާރިނގު އެއްގޮތެއް ނޫން، މިއީ ދެން އޮރެންޖް އެކަމަކު އޮރެންޖަށްވުރެ ވެސް މީރުވާނެ،" ފުވައްމުލަކު ސައީދު ބުންޏެވެ.

ފުވައްމުލަކުގެ ދުވަސްވީ އަންހެނަކު 'ސަން' އަށް ބުނީ ފަނި ގިރުމަށްވުރެ ހުހަށް ކެއުމަށް ގިނަ މީހުން ނާރިނގު ބޭނުން ކުރާ ކަމަށެވެ.

ނާރިނގު ފަނި ތައްޔާރު ކުރާނެ ގޮތް

ފުވައްމުލަކު ސައީދު ނާރިނގު ފަނި ގިރަނީ : ނާރިނގަކީ ހުތް ފޮނި މީރު މޭވާއެއް -- ސަން ފޮޓޯ -- ފަޔާޒު މޫސާ

1 ނާރިނގު

2 ޖޯޑު ފެން

½ ހަކުރު

ހައްދަވާނެ ގޮތް

ފުވައްމުލަކު ސައީދު ނާރިނގު ފަނި ގިރަނީ : ނާރިނގަކީ ހުތް ފޮނި މީރު މޭވާއެއް -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ނާރިނގުގެ ހުތް ޖަގުގެ ތެރެއަށް ފެލައިލުމަށް ފަހު، ފެނާއި ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން ނާރިނގު ފަނި ތައްޔާރު ކުރެވުނީ އެވެ. ތައްޔާރު ކުރުމަށްފަހު ފްރިޖުގައި ބަހައްޓައި ފިނިކޮށްގެންވެސް ބޭނުން ކުރެވިދާނެ އެވެ.

ފުވައްމުލަކު ސައީދު ތައްޔާރު ކުރި ނާރިނގު ފަނި -- ސަންފޮޓޯ -- ފަޔާޒު މޫސާ

ފުވައްމުލަކުން ނާރިނގު ގަސް މަދުވީ ކީއްވެ؟

މީގެ ކުރިއާ އަޅާ ބަލާއިރު މިހާރު ފުވައްމުލަކުގައި ނާރިނގުގަސް ވަރަށް ބޮޑުތަން މަދުކަމަށް ދުވަސްވީ ފުވައްމުލަކު މީހުން ބުނެ އެވެ. "މީގެ ކުރިން ވަރަށް ގިނަ" ނާރިނގު ގަސް ފުވައްމުލަކުގައި މަދުވީ ގަސްތަކަށް ޖެހުނު ބޮޑު ބައްޔެއްގައި ގަސްތައް މަރުވުމުން ކަމަށް ފުވައްމުލަކު ސައީދު ބުންޏެވެ.

" އޭރު ބަނބުކެޔޮ ގަސްތަކަށް ޖެހުނު ބައްޔެއް ނާރިނގު ގަސްތަކަށް އަރައިގެން ގަސްތައް މަރުވީ ކުރިން ވަރަށް ގިނަވާނެ މީގެ ގަސް މިރަށުގައި" ސައީދު ބުންޏެވެ.

ނާރިނގުން ކުރާ ސިއްހީ ފައިދާތައް

ލުނބޮލަކީވެސް އޭގައި ސިއްހީ ފައިދާތައް ގިނަ އެއްޗެކެވެ. ހަމަ އެހެންމެ ނާރިނގުން ލިބޭ ސިއްހީ ފައިދާތައް ވެސް ވަރަށް ގިނަ އެވެ. ވިޓަމިންގެ މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭ ނާރިނގަކީ ގިނަ ބަލިތަކެއްގެ ފަރުވާއެއް ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ.

  • ނާރިނގުގައި 90 ޕަސެންޓް ވިޓަމިން ސީ އެކުލެވޭއިރު ނާރިނގުގެ ބައި ޖޯޑު ހުތް ބޭނުން ކުރުމުން ހަޖަމު ކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދެ އެވެ.
  • ކެންސަރު ޖެހުމުން ދިފާއުވުމަށް ހަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިޑެންޓްވެސް ގިނަ އަދަދަކަށް އެކުލެވޭ ނާރިނގު ކެއުމުގައި ބޭނުން ކުރުމުން ދިފާއީ ނިޒާމު ވަރުގަދަވެ ކެންސަރުން ދިފާއުވުމަށް އެހީތެރިވެދެ އެވެ.
  • އާންމުކޮށް ގިނަ ބަޔަކަށް ދިމާވާ ޔޫރިން އިންފެކްޝަންގެ ބަލިތަކުން ރައްކާތެރިވުމަށް ވެސް ނާރިނގު އެހީތެރިވެދެ އެވެ.

ނާރިނގުން ލިބޭ ސިއްހީ ފައިދާތައް ގިނައިރު އެހާ ގިނަ ފައިދާ ލިބޭ ގަހެއް ނެތިގެން ދިއުމަކީ ކޮންމެ މުޖުތަމައަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ތާޒާ ކަމާއެކު ގަހުން ބިނދެލައިގެން ފައިދާ ހުރި މޭވާއެއް ކެއުމުން ހިތްހަމަޖެހުން ލިބުމުގެ އިތުރަށް އޭގެން ކުރާ ފައިދާވެސް ބޮޑުވާނެ އެވެ. އެހެންކަމުން ނާރިނގު ގަސް ނެތިގެން ދިޔަނުދީ ހެއްދުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށް ދެކުމީ މުހިންމު ކަމެކެވެ.

comment ކޮމެންޓް